އިންސްޓޯލްމެންޓަށް ސައިކަލު ދޫކުރާ ބޮޑެތި ފިހާރަތަކުން ސައިކަލް ހުސްވެއްޖެ އެވެ.

އެއްމެ ފުޅާ ދާއިރާއެއްގައި އިންސްޓޯލްމަންޓަށް ސައިކަލު ދޫކުރާ ފިހާރަތައް ކަމަށްވާ ޝީޝާގެ ބްރަދާސް މޮޓޯ އާއި އެކްސްޕާޓް މޮޓޯސް ކޮމްޕެނީން ވެސް މިވަގުުތު ސައިކަލް ހުސްވެފައިވާ ކަމަށް އެ ދެ ފިހާރާ އިން ވެސް ވަނީ މައުލޫމާތު ދީފަ އެވެ.

"މިވަގުތު ހުރިހާ ސައިކަލެއް ވަނީ ހުސްވެފައި. މި މަހު އަންނަން ހުރި ހުރިހާ ސައިކަލްތަކަށް ވެސް ހުރީ ކަސްޓަމަރުން ފައިސާ ދައްކާފައި." އެކްސްޕޯޓް މޮޓޯސް އިން ވާހަކަ ދެެއްކެވި އޮފިޝަލަކު ވިދާޅުވި އެވެ.

ބްރަދާސް މޮޓޯސް އިން ވެސް އިންސްޓޯލްމެންޓަށް ދޫކުރާ ހުރިހާ ސައިކަލެއް ހުސްވެފައިވާ ކަމަށް ބްރަދާސް މޮޓޯސް އިން ބުންޏެވެ.

އަންނަ މަހުން ފެށިގެން ސައިކަލުން ނަގާ ޑިއުޓީ 100 އިން 150 ބޮޑުކުރާތީ ސައިކަލުގެ ޑިމާންޑް ވަނީ ވަރަށް ބޮޑުވެފަ އެވެ.

ސައިކަލުގެ ޖުމްލަ އަގު ދެއްކުމުން ވިއްކާ ސައިކަލު ކޮންމެވެސް ވަރަކަށް އެބަހުރި ކަމަށް ސައިކަލު ވިއްކާ ފިހާރަތަކުން 'ސަން' އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ޑިއުޓީ ބޮޑުވަމުން ސައިކަލް ވިއްކާ އަގު އެ ފިހާރަތަކުން އަދި ހާމަކޮށްފައެއް ނުވެ އެވެ.