Back
Nov 20, 2025 SUN
SUN

ބޭރުގެ ފަރާތްތަކާ ގުޅިގެން ސަރުކާރު ބަދަލުކުރަން އޭޕީ، އެމްޑީޕީ އަދި ޖޭޕީގެ އެއްބަސްވުމެއް؟

ބޭރުގެ ފަރާތްތަކާ ގުޅިގެން ސަރުކާރު ބަދަލުކުރަން އޭޕީ، އެމްޑީޕީ އަދި ޖޭޕީގެ އެއްބަސްވުމެއް؟
Lead photo

ސަރުކާރު ބަދަލުކުރަން ބޭރުގެ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމަށް އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީ (އޭޕީ) އާއި ޖުމްހޫރީ ޕާޓީ އިން ވެފައިވާ ކަމަށް ބެލެވޭ އެއްބަސްވުމެއް އާއްމުވެއްޖެ އެވެ.
ބައެއް މީޑިއާތަކަށް އެއްބަސްވުމުގެ ކޮޕީއެއް ލިބިފައިވާ އިރު އެއްބަސްވުމުގައި އެންމެ ބޮޑަށް ފާހަގަ ކުރެވޭ ކަމަކީ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމުގައި ބޭރުގެ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމެވެ.

ރާއްޖޭގެ ދާހިލީ ކަން ކަމުގެ ތެރެއަށް ބޭރު މީހުން ވެއްދުމާ ދެކޮޅަށް ކުރިން ވަރަށް ބޮޑަށް އަޑު އުފުލި އަދާލަތު ޕާޓީ އިން ވެސް ސޮއިކޮށްފައިވާ އެއްބަސްވުމުގައި ބުނެފައި ވަނީ ސަރުކާރާ ދެކޮޅަށް އަޑު އުފުލައި، އެކަންތައްތަކާ ބެހޭ މައުލޫމާތު ބޭރުގެ ފަރާތްތަކާ ހިއްސާކުރުމަށް އެއްބަސްވާ ކަމަށެވެ.

"...ސަރުކާރުން ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއި އާއްމު ފަރުދުންގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް ކުރަމުންދާ ހުރިހާ ކަމަކާއި ދެކޮޅަށް އަޑުއުފުލާ، އެފަދަ ކަންތައްތަކުގެ މައުލޫމާތު ބޭރުދުނިޔެއާ ހިއްސާކޮށް، އެކަންތައްތައް ހުއްޓުވުމަށް ސަރުކާރަށް ޕްރެޝާ ކުރުން." އެއްބަސްވުމުގައި ތިން ޕާޓީ އިން ގުޅިގެން ކުރާނެ ކަމަށް ހިމަނާފައިވާ ކަންތައްތަކުގެ ތެރޭގައިވެ އެވެ.

އެއްބަސްވުމުގައި ދެން އެންމެ ފާހަގަކޮށްލެވޭ ކަމަކަށް އޮތީ އެ ތިން ޕާޓީގެ މެދުގައި އޮތް ތަފާތުތައް ނައްތާލައި އެއްބަޔަކު އަނެއް ބައެއްގެ އަބުރަށް ހުތުރުވާ ފަދަ ކަންތައްތައް މީގެ ފަހުން ނުކުރުމެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލަ ރިޓަޔާޑް މުހައްމަދު ނާޒިމުގެ ޝަރީއަތް ފެށުމާ އެކު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން އެކުގައި މަސައްކަތް ކުރަން ފެށި އެވެ. އަދި އޭގެ ފަހުން އަދާލަތު ޕާޓީ އިން އެކަމުގައި ބައިވެރިވި އެވެ. އެއްބަސްވުމުގައި ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތައް އެ ތިން ޕާޓީން މިހާރު ވެސް އަންނަނީ ހަމަ ފާޅުގައި ކުރަމުންނެވެ.

އެއްބަސްވުމުގައި ބުނެފައި ވަނީ ކަންތައްތައް އިސްލާހު ކުރުމަށް ސަރުކާރަށް މުހުލަތެއް ދިނުމަށް ފަހު އެކަމަށް ސަރުކާރުން އިޖާބަ ނުދޭ ނަމަ ސަރުކާރު ބަދަލުކުރަން ބޭރުގެ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.

"...ކަންތައްތައް އިސްލާހުގެ މަގަށް އެޅުވުމަށް ސަރުކާރަށް މުހުލަތުތަކެއް ދީ އެކަންތައްތަކަށް ސަރުކާރުން އިޖާބަ ނުދޭ ނަމަ ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް މަސައްކަތް ބޭރުގެ ފަރާތްތަކާ ގުޅިގެން ފެށުން،" ލީކްވެފައިވާ ލިއުމުގައި ވެއެވެ.

ތިން ޕާޓީން ކުރިއަށް ގެންދާ ހަރަކާތަށް ތާއީދުކުރާ ސިފައިންނާއި ފުލުހުން ތިބިތޯ ބަލައި އެފަދަ ފަރާތްތަކުގެ އެހީތެރިކަން ހޯދުމަށް ވެސް އެލިއުމުގައި އެއްބަސްވެފައި ވެއެވެ.

އެ މައްސަލައާ ގުޅިގެން އެމްޑީޕީ، ޖޭޕީ އަދާލަތުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics