25 Mar 2015, 00:55
ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ދިރިއުޅުއްވާ "ގ. ހޭޅި" ބިއްލޫރި ގަނޑެއް ތަޅާލައިފި އެވެ.
'ސަން' އަށް އެނގިފައިވާ ގޮތުގައި ގ. ހޭޅި ގޭގެ މަގުމައްޗަށްވާ ގޮތަށް ހުންނަ، ހޭޅި ސްޓޯރުގެ ބިއްލޫރި ގަނޑު ތަޅާލާފައިވަނީ މިރޭ 12:30 ކަންހާއިރު ސައިކަލެއްގައި ދިޔަ ދެމީހެކެވެ.
ބިއްލޫރިގަނޑު ތަޅާލާފައިވަނީ އެފިހާރައިގެ މައިދޮރާ ދިމާލުންނެވެ. ފެންނަ ފެނުމަށް ލަފާކުރެވެނީ ދުރުގައި ހުރެ އެއްޗެއް އެއްލައި ޖަހައި ތަޅާލާފައިވާ ކަމަށެވެ.
އެފިހާރައަކީ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިންގެ ބައްޕަގެ ވިޔަފާރިއެކެވެ. ހުސެއިން ދިރިއުޅުއްވަނީވެސް އެގޭގައެވެ.
އެކަމާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހޭޅިސުޓޯރުގެ ބިއްލޫރިގަނޑެއް ތަޅާލި މައްސަލައެއް ހުށަހަޅާފައިވުމުން އެކަން ތަހުގީގް ކުރަމުން އަންނަ ކަމަށެވެ.