ޖަރުމަނުގެ ޖާމަންވިންގްސް އެއާލައިނުގެ މަތިންދާބޯޓް ވެއްޓުނު ހާދިސާގައި އެބޯޓުގައި ތިބި 150 މީހުން ވެސް މަރުވެފައިވާ ކަމަށް ފްރާންސް ސަރުކާރުން ބުނެފި އެވެ.

ފްރާންސް ސަރުކާރާ ހަވާލާދީ އޭޕީ އިން ބުނީ ބޯޓުން ދަތުރު ކުރި އެންމެން ވެސް މަރުވެފައިވާ ކަމަށް ރަސްމީކޮށް ގަބޫލުކުރާ ކަމަށެވެ. އަދި ވެއްޓުނު ބޯޓުގެ ކަޅުފޮށި ވެސް ފެނިފައިވާ ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް ކަޅުފޮށި އޮތް ތަނުން ނަގާފައިވާ ކަމެއް ނުވަތަ ނޫން ކަމެއް އަދި ބުނެ އެވެ.

ޖާރމަންވިގްސްގެ 4U-9525 މަތިންދާބޯޓްް ވެއްޓުނީ ސްޕެއިންގެ ބާސެލޯނާ އިން ޑުސެލްޑޯފަށް ދަތުކުރަނިކޮށެވެ. އެއީ އެއާބަސް އޭ 320 މަރުކާގެ ބޯޓެކެވެ.

ފްރާންސްގެ ރައީސް މިކަމާ ގުޅިގެން ވިދާޅުވެފައި ވަނީ "އެއްވެސް މީހަކު ސަލާމަތިވިކަމަށް" ލަފާނުކުރެވޭ ކަަމަށެވެ. މި ސަރަހައްދަށް ސަލާމަތީ ޓީމްތަކުން މިހާރު ދަނީ ދަތުރުކުރަމުންނެވެ.

ފްލައިޓް ވެއްޓުނު ސަރަހައްދަކީ، އެހިސާބަށް ވާސިލްވުމަށް ވަރަށް އުނދަގޫ ސަރަހެއްދެއް ކަމަށް ފްރާންސްގެ ރައީސް ވިދާޅުވި އެވެ.