މިއަދު ވެއްޓުނު ޖަރުމަނުގެ ޖާމަން ވިންގްސް ގެ މަތިންދާބޯޓުން ދަތުރުކުރި 150 މީހުންގެ ތެރެއިން ބައެއް މީހުން ދިރިތިބެދާނެ ކަމަށް ބަލައި، މީހުން ހޯދުމަށް 10 ހެލިކޮޕްޓަރާއި އަސްކަރީ މަތިންދާބޯޓެއް ފޮނުވައިފި އެވެ.

ފަރަންސޭސިވިލާތުގެ ފަރުބަދަ މަތީ ސަރަހައްދަކަށް ވެއްޓުނު ބޯޓުން މީހުން ހޯދުމަށް މަސައްކަތްކުރާ ފަރަންސޭސި އިދާރާގެ ތަރުޖަމާނު ވިދާޅުވެފައި ވަނީ ބޯޓުން ދަތުރުކުރި އެންމެން މަރުވެފައި ވާނެ ކަމަށް ނުނިންމަވާ ކަމަށެވެ.

މަތިންދާބޯޓް ވެއްޓުނު ސަރަހައްދުން ލިބިފައިވާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި އެބޯޓްގެ ބައެއް ބޮޑެތި ބައިތައް އެކި ތަންނަށް ވަނީ ފެތުރިފައެވެ. އެގޮތުން ފަސް ކުޑަ ދޮރު ހުރި ބައެއް އޮތް ކަން ވަނީ އެނގިފައެވެ. ބައެއް މީހުން ދިރިތިބުމުގެ އުއްމީދު ބޮޑުވީ އެހެންވެއެވެ.

ޖާރމަންވިގްސްގެ 4U-9525 މަތިންދާބޯޓްް ވެއްޓުނީ ސްޕެއިންގެ ބާސެލޯނާ އިން ޑުސެލްޑޯފަށް ދަތުކުރަނިކޮށެވެ. އެއީ އެއާބަސް އޭ 320 މަރުކާގެ ބޯޓެކެވެ.

ފްރާންސްގެ ރައީސް މިކަމާއި ގުޅިގެން ވިދާޅުވެފައިވަނީ "އެއްވެސް މީހަކު ސަލާމަތިވިކަމަށް" ލަފާނުކުރެވޭ ކަަމަށެވެ. މި ސަރަހައްދަށް ސަލާމަތީ ޓީމްތަކުން މިހާރު ދަނީ ދަތުރުކުރަމުންނެވެ.

ފްލައިޓް ވެއްޓުނު ސަރަހައްދަކީ، އެހިސާބަށް ވާސިލްވުމަށް ވަރަށް އުދަގޫ ސަރަހެއްދެއް ކަމަށް ފްރާންސްގެ ރައީސް ވިދާޅުވި އެވެ.