ބަޖެޓް އެއާލައިނެއް ކަމަށްވާ އެއާ އޭޝިއާއިން ރާއްޖެއަށް ކުރާ ދަތުރުތަކުގެ ޓިކެޓް ކުރިޔަށް އޮތް ދެ ހަފްތާތެރޭ ވިއްކަން ފަށާނެ ކަމަށް އެއާ އޭޝިއާގެ ސީއީއޯ ޓޯނީ ފެނާންޑޭސް ވިދާޅުވެއްޖެ އެވެ.

ޓޯނީ ފެނާންޑޭސްގެ ރަސްމީ ޓްވީޓާ އެކައުންޓްގައި ލިޔުއްވާފައި ވަނީ " އެކަންތައް ހަމަޖެހިއްޖެ" ކަމަށެވެ.

އެއާއޭޝިއާ އެކްސްގެ ދަތުރުތައް 2013 ވަނަ އަހަރުގެ ފަހުކޮޅު ރާއްޖެއަށް ފެށި ނަމަވެސް މިދިޔަ އަހަރުގެ މާޗް މަހު ރާއްޖެއަށް ދަތުރުކުރުން ހުއްޓާލީ އެ އާލައިނުން ރާއްޖެއަށް ކުރާ ދަތުރުތަަކަށް ލިބޭ ތަރުހީބު ކުޑަކަމުން ކުންފުންޏަށް ގެއްލުންވާތީ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އެއާ އޭޝިޔާ އާއި އެއާ އޭޝިއާ އެކްސް އަކީ އެއް ކުންފުންޏަކަށް ނިސްބަތްވާ ދެ އެއާލައިނެވެ.