ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ މެމްބަރު ކަމުން ސުޖާއު ހުސައިން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އޭނާ މަގާމުން ވަކިކުރުމަށް ގައުމީ ސަލާމަތު ކޮމެޓީން މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހެޅި ރިޕޯޓު ފާސްކުރީ 43 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އޭނާ މަގާމުން ވަކިކުރުމާ ދެކޮޅަށް ތިން މެންބަރަކު ވޯޓް ދެއްވާފައިވާއިރު ވަކިކޮޅަކަށް ވޯޓް ނުދެއްވާ އެއް މެންބަރަކު އިންނެވި އެވެ.

ސުޖާއު އެލްޖީއޭގެ ބޯޑަށް މަޖިލީހުން އައްޔަންކޮށްފައި ވަނީ އާންމު ރައްޔިތުން ތަމްސީލް ކުރައްވާ މެންބަރުގެ ގޮތުގަ އެވެ.