24 Mar 2015, 13:18
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް ޝަރުއީ ކޯޓު ތެރެއިން އިންސާފު ލިބެން ޖެހޭނީ އެއްވެސް ނުފޫޒެއް ނެތި ކަމަަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ޖުޑިޝަރީން އަދުލުގެ ހުކުމް ކުރުމަކީ ވާޖިބު ކަމެއް ކަމަށެވެ. އަދި ނަޝީދާއި ނާޒިމަށް އިންސާފު ލިބެންޖެހޭނީ ހައްގު ގޮތުގައި އިންސާފު ވެރިގޮތުގައި ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
މީގެ އިތުރު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކޯޓުތަކުގައި ކުރިއަށްދާ މައްސަލަތަކުގެ ތެރެއަށް ސަރުކާރުން ވަނުމަކީ ކޮއްގެންވާނެ ކަމެއް ނޫން ކަަމަށާއި އަދުލަށް ހުކުމް ކުރުމަކީ ވާޖިބު ކަމެއް ކަމަށެވެ.
އިންސާފުވެރި ކޮންމެ ހުކުމަކަށް ނަފްސު ނުރުހުނަސް ބޯލަބައި ކިޔަމަން ވާންޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.