24 Mar 2015, 12:45
ޏ. ފުވައްމުލަކުގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި 22 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރަމުންދިޔަ ކަމުގެ ތުހުމަތުގައި 22 އަހަރުގެ މީހާ ހައްޔަރު ކުރީ އިއްޔެ އިރުއޮއްސި 6:15ގައި ކަމަށެވެ.
އެ ފިރިހެން މީހާ ހައްޔަރު ކުރީ ކުޑަ އަންހެން ކުއްޖާ ދިރިއުޅެމުން ދިޔަ ގޭގެ ތެރެއިން ކުށުގެ ވެށިން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
އޭނާގެ ބަންދަށް ގޮތެއް ނިންމުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ވަނީ ހޯމް މިނިސްޓްރީ އިން ކަނޑައަޅާ ތަނެއް ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.