މަތީ ތައުލީމަށް ހިލޭ ކިޔެވުމުގެ 300 ފުރުސަތު މަންދު ކޮލެޖުން ހުޅުވާލައިފި އެވެ.

މަންދު ކޮލެޖުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އޮން ކެމްޕަސް އާއި ވާޗުއަލްކޮށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ އެ ފުރުސަތުގައި ގްރޭޑް 10 ނިންމި ދަރިވަރުންނަށް މަތީ ތައުލީމަށް ފުރުސަތު ފަހިކޮށްދެވޭނެ އެވެ. އަދި ވަޒީފާގެ މާހައުލަށް ބޭނުންވާ ހުނަރާއި ތައުލީމު ހަމަ ކޮންމެ ދަރިވަރަކަށް ތަނަވަސްކޮށްދީފަ އެވެ.

"ޖާގަ ދެވޭނީ އެންމެ ފުރަތަމަ ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ އެޕްލައިކުރާ ފަރާތްތަކަށް،" މަންދު ކޮލެޖުގ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މަންދު ކޮލެޖުން ހިލޭ ކިޔަވައިދޭ މި ކޯސްތަކުގެ ތެރޭގައި ސެޓްފިކެޓް 3 އިން ބިޒްނަސް މެނޭޖްމަންޓް އާއި ސެޓްފިކެޓް 3 އިން އިންފޯމޭޝަން ޓެކްނޮލޮޖީ އަދި 3 އިން ބިޒްނަސް މެނޭޖްމަންޓް އާއި ސެޓްފިކެޓް 3 އިން އިންފޯމޭޝަން ޓެކްނޮލޮޖީ އަދި ސެޓްފިކެޓް 3 އިން ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ ހިމެނެ އެވެ.

އެ ކޯސްތަކަށް އެދި ކުރިމަތިލުމުގެ ފުރުސަތު 10 އެޕްރީލް 2015ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

މި ކޯސްތަކުގައި އުރީދޫގެ ތްރީޖީ ލިބޭ ހަމަ ކޮންމެ ރަށަކުން ވެސް ދަރިވަރުންނަށް އެރަށެއްގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

މަންދު ކޮލެޖުން މެދުނުކެނޑި ދިވެހި ރާއްޖޭގައި މަތީ ތައުލީމް ކިޔަވާދެމުން އަންނަތާ 18 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.