23 Mar 2015, 14:59
ސްވިޒަލެންޑްގެ ސްވިޒް ކޮލެޖް އޮފް ހޮސްޕިޓަލިޓީ މެނޭޖްމެންޓާއި ގުޅިގެން ބަނޑޮސް އައިލެންޑު ރިސޯޓުން 20 ޒުވާނަަކަށް މުޅިން ހިލޭ އެއް އަހަރު ދުވަހުގެ ޓްރެއިނިން ޕްރޮގްރާމެއް ހިންގުމަށް ނިންމާފައިވާ ކަމަށް އެ ރިސޯޓުުން ބުނެފި އެވެ.
އެޕްރައިންޓައިސްޝިޕް ޕްރޮގްރާމްގެ ދަށުން އޯލެވެލް ނުވަތަ އޭލެވަލް ނިންމާފައިވާ އުމުުރުން 16 އަހަރާއި 20 އަހަރާއި ދެމެދު ކޮންމެ މީހަކަށްވެސް މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އަދި ބައިވެރިން ނެގުމުގައި ބަލާނީ ނަތީޖާ އަށް ކަަމަށް ހުސައިން ވިދާޅުވި އެވެ. އަދި އަންހެނުން ބައިވެރިވާން ވަރަށް ބޮޑަށް ހިތްވަރުދޭނެ ކަމަށް ބަނޑޮހުން ބުނެއެވެ.
މި ޕްރޮގްރާމަކީ ސްވިޒެލްންޑްގެ ކޮލަޖަކާއި ބަންޑޮސް އައިލެންޑް ރިސޯޓުން މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން ހިންގާ ފުރަތަމަ ޕްރޮގްރާމެވެ.
މި އެމްއޯޔޫގައި ބޮނޑޮހުގެ ފަރާތުން ސޮއިކުރީ އެ ރިސޯޓްގެ ރެޒިޑެންޓް މެނޭޖާ އިސްމާއިލް ރަސީދެވެ. އަދި ސްވިޒް ކޮލެޖް އޮފް ހޮސްޕިޓަލިޓީ މެނޭޖްމެންޓްގެ ފަރާތުން ސޮއިކުރީ ސީއީއޯ އޫރިސް އުބަހާާޓްއެވެ.
"މީހަމަ މުޅިން ހިލޭ އިގޭތޯ. މީގަ ބައިވެރިވާ ކުދިންނަށް އަޅުގަނޑުމެން ފުރުސަތު މި ދެނީ މުޅިން ހިލޭ. މީގަ ކުރަންޖެހޭ ހުރިހާ ޚަރަދެއް މިކުރަނީ ބަނޑޮހުން. މީގަ ބައިވެރިވާ ކުދިންނަށް އެއްވެސް ޚަރަދެއް ކުރާކަން ނުޖެހޭނެ،" ބަނޑޮހުގެ ޑިރެކްޓަރު ލާނިން ޑިވެލޮޕްމެންޓް ހަސަން ސައީދު ވިދާޅުވިއެވެ.
ބަނޑޮސް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޓްރެއިނިންގައި ބައިވެރިވާ ފަރާތްތަކުން އެ ރިސޯޓްގައި އެކަމަޑޭޝަން ހަމަޖައްސާނެ ކަަމަށް އެ ރިސޯޓުން ބުނެއެވެ.
"ވަރަށް މުހިއްމު މި އިންޑަސްޓްރީގަ ސީރިއަސް ކެރިއާ އެއް ބިލްޑްކުރަން ބޭނުންވާ ކުދިން މިއަށް ކުރިމަތިލައިގެން ކުރިޔަށްދާން މަސައްކަތްކުރަން،" ސައީދު ވިދާޅުވިއެވެ.
"ފުރަތަމަ ތިން މަސްދުވަހު މި ކިޔައިދެނީ ތިއަރީ އާއި ރިސޯޓް އޮޕަރޭޝަންސް، އެ ތިން މަސްތެރޭ އެކުދިން ޑިސައިޑް ކުރާނެ ތިން މަސް ދުވަސް ތެރޭ ސްޕްޝަލައިޒްވާނެ ދާއިރާތައް،" ހުސެއިން ވިދާޅުވިއެވެ. މި ޓްރެއިނިންގައި ކިޔަވައިދޭ ދާއިރާތަކުގެ ތެރޭގައި ފުޑް ޕްރޮޑެކްޝަން އާއި ފުޑް އެންޑް ބެވަރޭޖް ސާވިސް އާއި ރޫމްސް ޑިވިޝަން ފަދަ ދާއިރާ ހިމެނޭ ކަމަށް ސައީދު ވިދާޅުވިއެވެ.
މި ޕްރޮގްރާމު ނިންމާ ބައިވެރިންގެ ތެރެއިން ފަސް ފަރާތަަކަށް ބަނޑޮސް އައިލެންޑް ރިސޯޓުން ވަޒީފާ ދޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.
މި ޓްރެއިނިން ޕްރޮގްރާމް ނިންމާ ފަރާތްތަކުގެ ބޮންޑާއި ދޭތެރޭ އަދި ގޮތެއް ނުނިންމާ ކަމަށާއި އެހެންނަމަވެސް ޚިޔާލުުކުރެވިަފައި އޮތީ ބޮންޑެއް ނޯންނަ ގޮތަށް ކަމަށް ސައީދު ވިދާޅުވިއެވެ.
އެޕްލިކޭޝަން އަދި ފުރުސަތެއް ހުޅުވައެއް ނުލާ ކަމަށް ބަނޑޮހުން ބުނެއެވެ. އަދި މި ޕްރޮގްރާމަށް މީހުން ސެލެކްޓް ކުރުމަށްޓަކައި ރާއްޖޭގެ ބޮޑެތި ރަށްރަށަށް ދަތުރުކުރުމަށް ހަަމަޖެހިފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. މި އަހަރުގެ އޮގަސްޓް މަހު މި ޓްރެއިނިން ފަށާގޮތަށް ހަމަޖެހިފައިވާ ކަމަށް ބަނޑޮހުން ބުނެއެވެ.
މިއީ ސެޓްފިކެޓް ލެވަލް ތިނެއްގެ ޓްރެއިނިން ޕްރޮގްރާމެކެވެ. މި ޕްރޮގަރާމަށް ފަހު ސްވިޒެލެންޑްގް ސްވިސް ކޮލެޖް އޮފް ހޮސްޕިޓަލިޓީ މެނޭޖެމެންޓްގެ ޑިޕްލޮމާ އަދި ޑިގްރީ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް ބަނޑޮހުން ބުނެއެވެ. އެއް އަހަރުގެ ޓްރެއިނިން ޕްރޮގްރާމް ނިންމާ ފަރާތްތަކުގެ ތެރެއިން ބައެއް ބައިވެރިންނަށް ބަނޑޮހުގެ ޚަރަދުގައި ސްވިޒެލެންޑަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަަމަށް ބަނޑޮހުން ބުނެއެވެ.