އިނގިރޭސި ލީގުގެ ޗެމްޕިއަންކަން ދިފާއު ނުކުރެވޭނެ ކަމުގެ ބިރު ހީވެފައިވަނިކޮށް އެވްޓަން އަތުން 4-3 އިން ބަލިވެ އެފް.އޭ.ކަޕު ފުޓްބޯޅަ މުބާރާތުނެ ކެޓުމުން ޗެލްސީގެ ކޯޗު ކާލޯ އެންޗެލޯޓީގެ ކުރިމަގާމެދު އިތުރު ސުވާލުތަކެއް އުފެދިއްޖެ އެވެ.

މިދިޔަ ސީޒަނުގެ އެފް.އޭ.ކަޕާއި ޕްރިމިއާ ލީގު ޗެލްސީ އަށް ހޯދައިދިން ނަމަވެސް އެންޗެލޯޓީ އަށް މިހާރު މި ސީޒަނުގައި ކިރިޔާވެސް ދެން ހޯދެން އޮތީ ޗެމްޕިއަންސް ލީގެވެ.

ލަނދެއް ނުޖެހި މެޗު އެއްވަރުވުމުން، އިތުރު ވަގުތުގައި ފްރޭންކް ލަމްޕާޑް ޖަހައިދިން ގޯލުން ޗެލްސީ ކުރި ހޯދާފައިވަނިކޮށް ނަތީޖާ ހަމަހަމަވީ އިތުރު ވަގުތުގެ ފަހު ފަނަރަ މިނިޓް ނިމެން މިނިޓަކަށްވީ ފަހުން ލިބުނު ހިލޭ ޖެހުމަކުން ބައިނަސް ގޯލު ޖެހުމުންނެވެ.

މި ނަތީޖާގެ ސަބަބުން ޗެލްސީ އަށް ވަނީ ޖެހިޖެހިގެން ތިނަ ފަހަރު އެފް.އޭ.ކަޕް ހޯދުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފަ އެވެ. އަދި މިއީ 1994 ވަނަ އަހަރުގެ ފަހުން ޗެލްސީގެ މައްޗަށް އެވަޓަން ހޯދި ފުރަތަމަ ކާމިޔާބީ ވެސްމެ އެވެ. އަދި ޕްރެމިއާ ލީގާއި އެފް.އޭ.ކަޕް ޗެމްޕިއަނުންގެ މައްޗަށް ފައިތުވެދިޔަ 21 އަހަރު ތެރޭގައި އެއްފަހަރާ ކާމިޔާބު ހޯދުނު ފުރަތަމަ ފަހަރުވެސްމެ އެވެ.

މި ނާކާމިޔާބީގެ ސަބަބުން ޗެލްސީގެ ކޯޗު އެންޗެލޯޓީގެ ބަދަލުގައި އެހެން ކޯޗަކު ހޯދުމަށް ކުލަބުގެ ވެރިޔާ ރޯމަން އަބްރޮމޮވިޗް މަސައްކަތް ކުރާ ކަމުގެ ވާހަކަތައް ވެސް އިތުރަށް ގަދަވާން ފަށައިފަ އެވެ. ސަބަބަކީ މިއީ ޖެނުއަރީ ޓްރާންސްފާ މާކެޓުގައި 75 މިލިއަން ޕައުންޑް ހަރަދު ކޮށްގެން ފެނާންޑޯ ޓޮރޭޒް އާއި ޑޭވިޑް ލުއިޒް ގެނެސްގެން ވެސް ޗެލްސީ އަށް މޮޅުނުވެވޭތީ އެވެ. ނަމަވެސް މި ދެ ކުޅުންތެރިން މި މެޗުގައި ނުކުޅެ އެވެ.