ފޮރިން މިނިސްޓްރީ އަށް ޕާމަނަންޓް ސެކްރެޓަރީއަކު އައްޔަންކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އެ މަގާމަށް ހަމަޖައްސާފައި ވަނީ، ފޮރިން މިނިސްޓްރީގެ ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓްގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގައި ހުންނެވި ޝިރުޒިމަތު ސަމީރު ކަމަށެވެ.

ސިވިލް ސަވިސް ކޮމިޝަނުން ބުނީ ޝިރުޒިމަތަކީ މެލޭޝިޔާގެ ނޭޝަނަލް ޔުނިވަސިޓީ އިން މާސްޓަސް ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި އޭނާ މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައި ވަނީ ސޯޝަލް ސައިންސްގެ ދާއިރާ އިން ކަމަށެވެ. އަދި ފުރަތަމަ ޑިގްރީ ހާސިލް ކުރައްވާފައި ވަނީ މެލޭޝިއާގެ ހެލްޕް ޔުނިވަސިޓީ އިން އިންޓަނޭޝަނަލް ބިޒްނަސްގެ ދާއިރާ އިން ކަމަށެވެ. ޝިރުޒިމަތު ޚާރިޖީ ދާއިރާގައި މަސައްކަތް ކުރައްވަން ފެއްޓެވީ 2007 ވަނަ އަހަރު ކަމަށް ވެސް ސިވިލް ސާވިސް ކޮމިޝަނުން ބުންޏެވެ. އަދި މިހާތަނަށް އޭނާ ވަނީ ޚާރިޖީ ދާއިރާގެ ބައިލެޓްރަލް، މަލްޓިލެޓަރަލް އަދި މެނޭޖްމަންޓް ފަދަ ޑިވިޒަންތަކުގައި ތަފާތު އެކި މަގާމުތައް ފުރުއްވާފައި ކަމަށެވެ.