ބުރަ މަސައްކަތަކާއި ނުލައި ފަސޭހަކަމާ އެކު ބަރުދަން ލުއި ކުރެވިދާނެ އެވެ. އެއްވެސް ކަމެއް ނުކޮށް ގޮނޑީގައި އިށީދެ އިނދެ ވެސް ބަރުދަން ލުއިކުރެވިދާނެ އެވެ. މާމުއި ފެން އަދި ފޮނިތޮށި ބޭނުންކޮށްގެން ބުއިމެއް ތައްޔާރުކޮށްލާނެ ގޮތް ކިޔައިދޭނަމެވެ. އެ ބުއިމަކީ ބުރަކަމަކާއި ބަރުދަން ލުއިކުރުމަށް އޮތް އެންމެ އަވަސް ހައްލެވެ.

ބޭނުންވާނެ ތަކެތި

2 ސައި ސަމުސާ ރޯ މާމުއި

1 ސައި ސަމުސާ ފޮނިތޮށި

1 ޖޯޑު ފެން

ތައްޔާރުކުރާނެ ގޮތް

އެއް ސަމުސާ ފޮނިތޮއްޓަށް ދެ ސަމުސާގެ މާމުއި ބޭނުންވާނެ އެވެ. އަދި އެއްޖޯޑު ފެން ހޫނު ކޮށްލާށެވެ. ފޮނިތޮއްޓާއި މާމުއި ކޮޅު އެއްކޮށްލާށެވެ. އަދި 30 މިނެޓް ބަހައްޓާލުމަށް ފަހު ހޫނު ފެން ފޮދު ރަނގަޅަށް އެއްކޮށްލާށެވެ. އަދި ޖޯޑުގެ ނުވަތަ ތަށީގެ މަތި ޖެހުމަށް ފަހު 30 މިނެޓް ބަހައްޓާލާށެވެ.

30 މިނެޓް ފަހުން ފެން ފޮދު ރަނގަޅަށް ފުރާނާލާށެވެ. އަދި ބޮވޭވަރަށް ފެން ފޮދު ހޫނު ފިލަންދެން މަޑުކޮށްލާށެވެ.

ހެނދުނު ސައިގެ ކުރިން ބައި ޖޯޑު އަދި ރޭގަނޑު ކެއުމުގެ ކުރިންނާއި ނިދަން އޮށޯތުމުގެ ކުރިން ބައިޖޯޑު ފެން ބޯލާށެވެ.

ބަރުދަން އަވަހަށް ލުއިކުރަން ބޭނުންވާ ނަމަ ފެން ތައްޔާރު ކުރަން ބޭނުންކުރި ތަކެތި ދެގުނަކޮށްލާށެވެ. އަދި ފެން ބޯއިރު، ގިނައިން ބޯލާށެވެ. ބަރުދަން ލުއިކުރުމަށް އެހީއަކަށް ވެގެންދާނެ އެވެ.

މައުލޫމާތު: ވިމެން ފިޓް ބްލޮގްސްޕޮޓް