އިންގްލޭންޑުގެ މިދިޔަ އަހަރު ރީތީގެ ރާނީ ކަން ހޯދާފައިވާ ކަރީނާ ޓިރެލް އާއި ވޭތުވެދިޔަ ދެ އަހަރު ވެސް އިންގްލޭންޑުގެ މިސްޓަރު އިންގްލޭންޑު މަގާމް ހޯދާފައިވާ ޖޯޑަން ވިލިއަމް ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އަތުވެއްޖެ އެވެ.

ޓިރެލް އާއި ވިލިއަމް ރާއްޖެ އައިސްފައިވަނީ އިއްޔެ އެވެ. ޗުއްޓީ ހޭދަކޮށްލުމަށް ޓިރެލް އާއި ވިލިއަމް ރާއްޖެ އައިސްފައިވާއިރު، އެ ދެމީހުން ދަނީ ރާއްޖޭގެ ރީތިކަމާއި ރާއްޖެއަކީ "ސުވަރުގެ" އެއްގެ ގޮތުގައި ސިފަކޮށް ގިނަ ފޮޓޯތަކާއި ސްޓޭޓަސްތަކެއް ސޯޝަލް މީޑިއާގައި ޕޯސްޓު ކުރަމުންނެވެ.

ޓިރެލް އާއި ވިލިއަމް ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އައިސްފައިވަނީ، ސިނަމޮން ހޮޓެލްސް އިން ރާއްޖޭގައި ހިންގާ ޗާޔާ އައިލެންޑް ދޮންވެއްޔަށެވެ.

އެ ދެ މީހުން ވަނީ ރާއްޖެ އައުމުގެ ކުރިން ސްރީލަންކަން އެއާލައިންސްގެ ބޯޓެއްގެ ގޭޓް ކައިރީގައި އެ އެއާލައިންގެ ކުރޫއިންނާއެކު ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފަ އެވެ.



މިސް އިންގްލޭންޑުގެ އިތުރުން، މެޑިސިން އިން މަތީތައުލީމް ހާސިލްކުރަމުންދާ ޓިރެލް ވަނީ ދުނިޔޭގެ ރީތީގެ ރާނީގެ މުބާރާތުގެ ގަދަ ފަހެއްގައި ވެސް ހިމެނިފައެވެ.

ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަށް މިދުވަސްވަރު ދުނިޔޭގެ އެތަށް މަޝްހޫރު މީހުންނަށް އަންނަމުންދާއިރު، މިމަހުގެ ތެރޭގައި ވެސް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޮނާކްޝީ އާއި ބަތަލް ރިތިކްގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ފިލްމް ޑައިރެކްޓަރު އަދި ކޮރިއޮގްރަފަރު ފަރާ ހާން ވެސް ވެސް ވަނީ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އައިސްފަ އެވެ.