ބަރުދަން ލުއިކުރުމާއި ބަނޑު ހިންދުން ވެފައިވަނީ މީހުންގެ މެދުގައި ވަރަށް ބޮޑު މަސައްކަތަކަށެވެ. ބަނޑު ހިންދުމުގެ ގޮތުން ޑައިޓް ކުރުމާއި ކަސްރަތު ކުރާ މީހުން ވެސް ވަރަށް ގިނަ އެވެ. އަވަހަށް ބަނޑު ހިންދުމަށް ނުވަތަ ބަރުދަން ލުއިކުރަން ބޭނުން ނަމަ ތާޒާ ކާނާގެ އިތުރުން ހަށިގަނޑަށް ފައިދާ ހުރި ބުއިންތައް ބޭނުން ކުރާށެވެ.

ބަނޑު ހިންދުމަށް އެހީވެދޭ ކިއުކަންބާ އިނގުރު ލުނބޯ އަދި ފެން ބޭނުންކޮށްގެން "ބަނޑު ހިންދާ ފެން" އެ ނަން ކިޔާ ފެނެއް ތައްޔާރުކުރާނެ ގޮތް ކިޔާލަދޭނަމެވެ. ކިއުކަންބާ އިގުނރު އަދި ލުނބޯގެ އިތުރުން ފެނަކީ ވެސް އޭގައި ގިނަ ސިއްހީ ފައިދާތަކެއް އެކުލެވޭ އެއްޗެކެވެ.

ބޭނުންވާނެ ތަކެތި

2 ނުވަތަ 3 ލުނބޯ ތުނިކޮށް ކޮށާލާފައި

1 ކިއުކަންބާ ތުނިކޮށް ކޮށާފައި

18 ނުވަތަ 20 ކުދީނާ ފަތް

1 ނުވަތަ 1/2 މޭޒުމަތީ ސަމުސާ އިނގުރު

3 ލިޓަރު ހުއްނަހާ ފެން

ތައްޔާރު ކުރާނެ ގޮތް

ބޭނުންވާ ހުރިހާ ތަކެތި ރަގަޅަށް ދޮވެލުމަށް ފަހު ލުނބޯ އަދި ކިއުކަންބާ ތުނިކޮށް ކޮށާލާށެވެ. އެއަށް ފަހު ތަށީގެ ތެރެއަށް ކޮށިހުރިހާ އެއްޗެއް އަޅާލުމަށް ފަހު އޭގެ މައްޗަށް ފެން ފޮދު އަޅާލާށެވެ. އަދި ތަށި ފްރިޖަށްލުމަށް ފަހު ފޯވަންދެން އެއްރޭ ބަހައްޓާށެވެ. ދެ ދުވަސްވަންދެން އެފެން ބޭނުން ކުރެވޭނެ އެވެ.

އެއް ދުވަހުން ތައްޔާރު ކުރި ފެންތަށި ހުސްވެއްޖެ ނަމަ އޭގެ މައްޗަށް އަލުން ފެން އެޅުމަށް ފަހު ދެވަނަ ދުވަހު ވެސް ބޭނުން ކުރެވިދާނެ އެވެ. ނަމަވެސް އޭގެތެރެއަށް ކުޑަ އިނގުރުކޮޅެއް އެއްކޮށްލަންވާނެ އެވެ. އަދި ހަނދާން ބަހައްޓާށެވެ. ކުދީނާފަތް ދެދުވަހަަށް ވުރެ ގިނަ ދުވަކު ވޯވެފައި ހުރެއްޖެ ނަމަ ފެންގަނޑޫ ނުބައިވެދާނެ އެވެ. އެހެންކަމުން ދެ ދުވަހު ފެން ބޭނުން ކުރުމަށް ފަހު އަލުން ފެން ތައްޔާރު ކުރާށެވެ.

މައުލޫމާތު: ވިމެން ފިޓް ބްލޮގްސްޕޮޓް