މާލޭ އާ ސަހަރާގެ ހިނަވާ ގޭގެ ބައެއްގައި އަލިފާން ރޯވެ އެތަނުގައިވާ ހުރިހާ އެއްޗެއް އަނދާ ހުލިވެއްޖެ އެވެ.

މިއަދު ހަވީރު 4:00 ޖެހާ އެހާކަންހާއިރު ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އަބްދުﷲ އަލީ މިއަދު ވިދާޅުވީ އާސަހަރާ މިސްކިތާ އިންވެގެން ހުންނަ، މައްޔިތުން ހިނަވާ ކަފުންކުރުމުގެ ސާމާނު ރައްކާކޮށްފައި ހުންނަ ދޮޅިދާންގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ އެ ހާދިސާގައި އެތަނުގެ ތެރޭގައި ހުރި އެއްޗެހި އަދާ، ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި މައްޔިތުން ބާއްވާ، ގޮދަނޑިފަދަ ތަކެއްތި އަދާ ހުލިވެފައިވާ ކަމަށެވެ.

ދޮޅިދާންގޭގެ ފުރުތަމަ ފަންގި ފިލާގައި ހިންގި އެ ހާދިސާގައި އެތަނުގެ ސީލިން އަދައި، ޓިނުތަކަށް އޭގެ އަސަރުކޮށްފައިވާއިރު، އެ ހާދިސާ ހިންގަން މެދުވެރިވި ސަބަބެއް އަދި އެމްއެންޑީއެފަކުން ނުބުނެ އެވެ.

"އަދި އަޅުގަނޑުމެންނަކަށް ނޭނގޭ އަލިފާން ރޯވާން ދިމާވި ސަބަބެއް. އެމްއެންޑީއެފުގެ ފަޔާ އެންޑް ރެސްކިޔު އަދިވެސް އެތާގެ ތެރޭގައި ހަރަކާތްތެރިވަމުންދަނީ."

އެމްއެންޑީއެފުން އެ ހާދިސާ ތަހުގީގު ކުރަމުންދާއިރު، އަސަހަރާގައި މައްޔިތުން ހިނަވާ ކަފުން ކުރުމުގެ މަސައްކަތްކޮށް އުޅޭ ޖަމާއަތްތެރިޔަކު ބުނީ "ގަސްތުގައި އެ ތާނތެރޭގައި ބަޔަކު އަލިފާން ރޯކުރަންޖެހޭ ސަބަބެއް ނެތް. އެ ވަނީ ކަރަންޓް ޝޯޓަކުން ދިމާވި ކަމަކަށް."

އަލިފާނުގެ މި ހާދިސާގައި މިސްކިތަށް އަސަރެއް ނުކުރި ނަމަވެސް ރޯވި ތަނުން ތެރެއިން ބައެއް ކަހަލަ ލަކުޑި ބުރި އެއްޗެހި މިސްކިތުގެ ފުރާޅު މައްޗަށް ވަނީ ވެއްޓިފަ އެވެ.


Listen!