ޒުވާނުންގެ މަރުކަޒު ފާޚާނާތެރޭގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ބޭނުންކުރަމުންދިޔަ ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެއް ކަމަށެވެ.

އެ ދެމީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ 11:00 ހާއިރު، ޒުވާނުންގެ މަރުކަޒުގައި ސަލާމަތީ ކަންކަން ބަލަހައްޓަމުންދިޔަ ފުލުހުން ނެވެ.