21 Mar 2015, 20:26
މިއަދު ބޭއްވި ދެ ބައި އިލެކްޝަން ވެސް އިދިކޮޅު އެމްޑީޕީއާ ވާދަކޮށް ސަރުކާރު ހިންގާ ކޯލިޝަނުން ކާމިޔާބުކޮށްފި އެވެ.
މިއަދު ބޭއްވި ދ. މީދޫ ދާއިރާގެ އަތޮޅު ކައުންސިލްގެ ބައި-އިލެކްޝަން ކާމިޔާބުކޮށްފައިވަނީ އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު މަމްދޫހު އެވެ. އޭނާ ވަނީ 997 ވޯޓް ހޯދާފައެވެ. އެއީ ވޯޓްލީ މީހުންގެ 60.94 އިންސައްތައެވެ. ދެން ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް ސާލިހް އަލްސަބާހަށް ލިބިފައިވަނީ 639 ވޯޓެވެ.
މީދޫ ދާއިރާގެ ބައިއިލެކްޝަންގައި 2366 މީހުންނަށް ވޯޓްލުމުގެ ހައްގު ލިބިފައިވާއިރު ވޯޓްލާފައިވަނީ 1662 މީހުންނެވެ. ސައްހަ ވޯޓުގެ އަދަދަކީ 1636 އެކެވެ.

މިއަދު ބޭއްވި ދ. މީދޫ ދާއިރާގެ ބައި-އިލެކްޝަންގައި މީހަކު ވޯޓުލަނީ -- ސަން ފޮޓޯ: އަލީ ނަސީރު
ހއ. މުރައިދޫ ކައުންސިލްގެ ރައީސް ކަމަށް 17 ފަހަރަށް ވޯޓްލައިގެން ހޮވި މުހައްމަދު އާރިފް އަބްދުލް ހަކީމް، އިސްތިއުފާ ދިނުމާއި ގުޅިގެން މިއަދު ބޭއްވި އެރަށު ކައުންސިލްގެ ބައި އިލެކްޝަން ޕީޕީއެމްގެ ކެނޑިޑޭޓް އަބްދުﷲ މުފީދު ކާމިޔާބްކުރީ 208 ވޯޓް ހޯދައިގެންނެވެ. އެއީ 45.41 ޕަސެންޓް ވޯޓެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓްހޯދި އަމިއްލަ ކެނޑިޑޭޓް މުހައްމަދު ފުއާދުއަށް ލިބިފައިވަނީ 143 ވޯޓެވެ. އެމްޑީޕީގެ ކެނޑިޑޭޓް އައިޝަތު ވިސާމާއަށް ލިބިފައިވަނީ 107 ވޯޓެވެ.
މުރައިދޫގެ ބައި-އިލެކްޝަންގައި 576 މީހުންނަށް ވޯޓްލުމުގެ ހައްގު ލިބިފައިވާއިރު ވޯޓުލާފައިވަނީ 464 މީހުންނެވެ. ސައްހަ ވޯޓުގެ އަދަދަކީ 458 އެވެ.