އިންޑިއާގެ ބިހާރު ސްޓޭޓްގައި ބޭއްވި އިމްތިހާނެއްގައި މަކަރު ހަދައިގެން ގްރޭޑް 10 ގައި ކިޔަވަމުން އަންނަ 760 ކުއްޖަކު ސްލޫލުން ކަނޑާލައި އަށް ފުލުސް އޮފިސަރުން ހައްޔަރުކޮށްފި އެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ބެލެނިވެރިން ވަނީ ހަތަރު ބުރީގެ އެގްޒޭމް ސެންޓަރުގެ ބޭރުން އަރައި ކުޑަ ދޮރުތަކުން އިމްތިހާނު ކަރުދާހުގައި ހުރި މައުލޫމާތުތައް، ކުދިކުދިކަނޑުކޮޅުގައި ލިޔެ، ކުދިންނަށް ބުނެދީފަ އެވެ.

ސްކޫލް އެގްޒަމިނޭޝަން ބޯޑުން ބުނީ ކުދިންނަށް މައުލޫމާތު ޗިޓްކޮޅު ފޯރުކޮށްދީގެން ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި ހަތް ބެލެނިވެރިޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި 760 ކުއްޖަކު ސްކޫލުން ވަކިކޮށް، އަށް ފުލުސް އޮފިސަރަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ބާރަސަތޭކަށް އަށް ވުރެ ގިނަ ސެންޓަރުތަކުގައި ބޭއްވި އިމްތިހާނުގައި 1.4 މިލިއަން ކުދިން އިމްތިހާނު ހެދި ކަމަށެވެ.

ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވާ އިމްތިހާނުތަކުގައި މަކަރު ހެދުމަކީ އިންޑިއާގައި ވަރަށް ގިނައިން ހިނގާ ކަމެކެވެ.