21 Mar 2015, 11:41
ކުއާލަލަންޕޫރު (މާޗް 21) : މެލޭޝިޔާގެ ސަރުކާރުގެ އެއަލައިން އެއްގެ ގޮތުގައި އިތުރު އެއަލައިން އެއް އުފައްދައި އެކަން އެގައުގެ ސަރުކާރުން އިޢްލާންކޮށްފި އެވެ.
"ފްލައިމޮޖޯ"ގެ ނަމުން ނަންދީފައިވާ މި އެއަރލައިން އުފައްދާފައި ވަނީ ގާތްގަނޑަކަށް ތިން ބިލިޔަން އެމެރިކާ ޑޮލަރުގެ ރައުސްމާލަކުންނެވެ. މިއެއަރލައިން އުފެއްދި އިރު އޭގައި އެކި ސައިޒްގެ 20 މަތިންދާ ބޯޓު ހިމެނޭއިރު ކުރިޔަށް އޮތް ދެތިން އަހަރު ތެރޭގައި އިތުރު 30 މަތިންދާބޯޓު ގަތުމަށް ވެސް ވަނީ ރާވާފަ އެވެ.
"ފްލައިމޮޖޯ" އެއަރލައިން އުފެއްދުމުގެ ބޭނުމަކީ މިދިޔަ އަހަރު، މެލޭޝިޔަން އެއަރލައިންގެ އެމްއެޗް 370 ފްލައިޓް ގެއްލުމާ ގުޅިގެން އެކުންފުންޏަށް ލިބެމުންދާ މާލީ ގެއްލުމާއި ހީނަރުކަމުން އަރައި ގަތުމަށް މަގުފަހިކުރުމެވެ. އެމްއެޗް 370 ފްލައިޓް ގެއްލުމާ ގުޅިގެން މެލޭޝިޔަން އެއަރލައިންގެ އިތުބާރު ގެއްލި އެތައްސަތޭކަ މިލިޔަން ޑޮލަރެއްގެ ގެއްލުން މިދިޔަ އަހަރު ވެފައިވާކަން އެކުންފުނިން ވަނީ ހާމަކޮށްފަ އެވެ. (ރޮއިޓާސް)