21 Mar 2015, 11:34
ލ. ގަމުން: މަރިޔަމް ރާނިޔާ
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ލ. އަތޮޅުގައި އަންހެނުންނަށް ހާއްސަ "ސްޕޯޓްސް ކޭމްޕް"އެއް ބާއްވައިފި އެވެ.
އިއްޔެ ހަވީރު ފޮނަދޫ ތައުލީމީ މަރުކަޒުގައި ފެށި މި ކޭމްޕް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ފޮނަދޫގައި ބޭއްވި، އަންހެނުންގެ ދުވަހުގެ ޖަލްސާގައި ރަސްމީކޮށް އިފްތިތާހް ކޮށްފަ އެވެ.

އިއްޔެ ފެށި ސްޕޯޓްސް ކޭމްޕްގެ ތެރެއިން--- ސަން ފޮޓޯ: މަރިޔަމް ރާނިޔާ
އިއްޔެ ފެށި އެ ކޭމްޕްގެ ހަރަކާތްތައް މިއަދު ނިންމާލާފައި ވަނީ އެ އަތޮޅު ގަމުގައި ބޭއްވި ފުޓްބޯޅަ ޕްރެކްޓިސް އަކަށް ފަހުގަ އެވެ.ޖެންޑާ މިނިސްޓްރީ އިން އިސްނަގައިގެން ފެށިމި ސްޕޯޓްސް ކޭމްޕް އާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ޖެންޑާގެ ސްޓޭޓް މިނިސްޓަރު ޑރ. ހާލާ ހަމީދު ވިދާޅުވީ އެ ސްޕޯޓްސް ކޭމްޕަކީ ސްކޫލުތަކުގެ އަންހެން ދަރިވަރުންނަށް ފުޓުބޯޅަ ތައާރަފުކޮށް، ކުޅިވަރަކީ ދެ ޖިންސުގެ މީހުންނަށް އޮތް އެއްޗެއް ހާމަކޮށްދިނުން ކަމަށެވެ.

އިއްޔެ ފެށި ސްޕޯޓްސް ކޭމްޕްގެ ތެރެއިން--- ސަން ފޮޓޯ: މަރިޔަމް ރާނިޔާ
ހޯމް މިނިސްޓަރު އުމަރު ނަސީރު އިފްތިތާހް ކޮށްދެއްވި އެ ސްޕޯޓްސް ކޭމްޕްގައި ބައިވެރިވީ ފޮނަދޫ އާއި ގަމު ޕްރައިމެރީ ސްކޫލުގެ އަންހެން ދަރިވަރުންނެވެ