Last Updated:
1 decade 8 month ago

ގުދަނެއްގައި ރޯވެ، އަނދައި ހުލިވެއްޖެ

    ބުލޮގު ޚުލާސާ
    މާފަންނުގައި ހުންނަ ލިލީ ސްޓޯރުގެ ގުދަނެއްގައި ރޯވެ އަނދަން ފަށައިފި އެވެ.

    އަލިފާން ރޯވެފައި ވަނީ ޕީޖީ މުހުތާޒު މުހުސިން ދިރިއުޅުއްވާ މިރިހިމާގޭ ކުރިމަތީގައި ހުންނަ ލިލީ ސްޓޯރުގެ ގުދަނެއްގަ އެވެ. އެ ގުދަނަކީ ޓިނުން ހަދާފައިވާ ތަނެކެވެ.

    01:39

    ޕެޓްރޯލް ޝެޑުތަކުގެ ކައިރީގައި ސަލާމަތީ ބާރުތަކުން ދަނީ އަމަން ބަލަހައްޓަމުން. އަދި ސްޓެލްކޯގައި ސިފައިން ދަނީ ސެކިއުރިޓީ ބަލަހައްޓަމުން. މާލޭގެ މަގުތަކުގައި ފުލުހުންނާއި ސިފައިން ދަނީ ހަރަކާތްތެރިވަމުން.

    އަލިފާން ރޯވި ގުދަނުން އަދިވެސް ވަރަށް ގަދައަށް ދުން އަރަމުންދޭ. މުޅި ސަރަހައްދުގައި ވަނީ ދުމުގެ އަސަރުކޮށްފައި. އިމާރާތްތަކުގެ މަތިން ގުދަނަށް އަދިވެސް ދަނީ ފެން ޖަހަމުން.

    01:15

    އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރު މޭޖަރު އަދުނާން މުހައްމަދު ވިދާޅުވީ އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވާ ކަަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް. އަދި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ނޭނގޭ ކަަމަށް ވެސް އޭނާ ވިދާޅުވި.
    01:01

    މ. އޯކްވިލާގޭގައި ހުންނަ ގުދަނުގައި ރޯވި އަލިފާންގަނޑު ވަނީ ކޮންޓްރޯލްވެފައި. މީހުން ހުސް ކުރި ގެތަކަށް، އަނބުރާ މީހުން ވަނީ ވަދެފައި. ގުދަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައި.
    00:42

    މާލޭ ކުޅިވަރު އެކުވެނި ކައިރީގައި ހުރި ތަނެއްގައި އަލިފާން ރޯކޮށްލައިފި. އަލިފާން ރޯކުރީ ސައިކަލެއްގައި އެ ތަނަށް ދިޔަ ދެ މީހަކު. އެ މީހުން "ޕެޓްރޯލް ބޮމެއް" އެއްލައި އެތަނުގައި އަލިފާން ރޯކުރި ކަމަށް މަންޒަރު ދުއް މީހަކު ބުނި.

    ނީލަން ފިހާރައިގައި އަލިފާންކޮށްފާނެތީ އެތަނުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން.

    ކުޅިވަރު އެކުވެނި ކައިރީގައި ހުރި ތަނުގައި ރޯކުރި އަލިފާންގަނޑު ވަނީ ކޮންޓްރޯލްކޮށްފައި

    ލިލީ ސްޓޯރު

    ލިލީ ސްޓޯރުގެ އިސް ވެރިޔަކު "ސަން"އަށް ދެންމެ ވިދާޅުވީ އަލިފާން ރޯވި ގުދަނުގެ ތެރޭގައި ހަތަރު ޓަނުގެ ލޮރީއަކާއި ތިން ޕިކަޕެއް ވެސް އޮންނާނެ ކަމަށް. ނަމަވެސް އެ ހުރިހާ ވެހިކަލްތަކުގައި ރޯވިކަން އަދި ކަށަވަރު ނުވާ ކަމަށް އޭނާ ބުނި.
    ގުދަނުގެ ތެރޭގައި ގިނައިން ހުންނާނީ ކާބޯތަކެތީގެ ސާމާނު. ނޫޓުލްސް އާއި ކެއްކުމުގައި ބޭނުން ކުރާ ތެޔޮ ވެސް ކޮންމެ ވެސް ވަރަކަށް ހުންނާނެ. އަދި ކޮސްމެޓިކްސް ވެސް އެތަނުގައި ހުންނާނެ. ހުރިހާ ވެހިކަލްތަކުގައި
    00:21

    ޓިނާއި ދަގަނޑު ހޮޅިން ހަދާފައިވާ ގުދަން ވަނީ ރޯވެ، އަނދައި ހުލިވެފައި. ޓިނުތައް ދަނީ ދޮންވެގެން ގޮސް ވިރިފައި. އަދިވެސް އަލިފާންގަނޑު ކޮންޓްްރޯލެއް ނުކުރެވޭ.
    00:13އަލީ ނަސީރު

    އަލިފާން ރޯވެފައިވާ ގުދަނާ ކައިރީގައި ހުރި ގެއަކަށް އަލިފާންގަނޑު ފެތުރިއްޖެ. އެ ގޭގެ ދެ ފުލޯއެއްގައި ވަނީ ރޯވެފައި. ފުލުހުންނާއި ސިފައިންނާ އާންމުންނާ ގުޅިގެން އަލިފާން ނިއްވުމަށް ދަނީ މަސައްކަތް ކުރަމުން.
    00:05

    ގުދަނުގައި އަލިފާން ރޯވި ވަގުތު ބާރުގަދަ ގޮވުންތަކެއް ގޮވި. ނަމަވެސް މިހާރު އެފަދަ އަޑުތަކެއް ނީވޭ.
    23:59

    އަލިފާން ނިއްވުމަށްޓަކައި ހަތަރު ލޮރީން ފެން ޖަހަމުންދަނީ. އަލިވެސް އަލިފާންގަނޑު ކޮންޓްރޯލެއް ނުވޭ.
    ސާއިލް

    އަލިފާން ރޯވި ގުދަން ހުރި ސަރަހައްދުގެ ގެތަކުން މީހުން ހުސްކުރަން ފަށައިފި.
    ބައެއް މީހުން ނިދާ ހެދުމާއެކު ތިބީ މަގުމަތީގައި. ޕީޖީ މުހުތާޒާއި އެމަނިކުފާނުގެ އާއިލާ ވެސް ތިބީ މަގުމަތީގައި،
    23:51
    23:50

    ގުދަނުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި އެހެން ގެތަކަށް ފެތުރިދާނެކަމުގެ ބިރު ވަނީ ބޮޑުވެފައި. ރޯވެފައިވާ ގުދަނުގެ ތެރޭގައި ލިލީ ސްޓޯރުގެ ބައެއް ވެހިކަލްތައް ވެސް ހުރި
    23:42

    އަލިފާންގަނޑު އަދިވެސް ކޮންޓްރޯލެއް ނުކުރެވޭ. ސަލާމަތީ ބާރުތަކުން ދަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި މަސައްކަތް ކުރަމުން. އާންމުން ވެސް އެކަމަށް އެއްބާރުލުން ދޭ.