ދ. މީދޫ ފުޓުބޯޅަ ދަނޑު ހެދުމުގެ މަސައްކަތް ފަށައިިފި އެވެ. މި މަސައްކަތް ފެށްޓުުމުގެ ގޮތުގެ މަސައްކަތުގެ ކޮންޓްރެކްޓަރު ކަމަށްވާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އާއި މީދޫ ކައުންސިލާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު ހެނދުނު މީދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި އެމްއާރްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގް ޑައިރެކްޓަރު އިބްރާހީމް ނަޒީރު އެވެ. މީދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަހުމަދު އަސްލަމް އެވެ.

މި ރަސްމިއްޔާތަށް ފަހު ދަނޑު ހެދުމުގެ އަމަލީ މަސައްކަތް މިއަދު ފެށިފައިވާ އިރު މިއަދު ކުރިޔަށް ގެންދިޔައީ ދަނޑު ލެވެލް ކުުރުމުގެ މަސައްކަތް ކަމަށް މީދޫ ކައުންސުން ވިދާޅުވި އެވެ.

މީދޫ ކައުންސިލްގެ ރައީސް އަހުމަދު އަސްލަމް ވިދާޅުވީ މި ދަނޑުގެ މަސައްކަތުގެ ޕްރޮޖެކްޓްގެ ތެރޭގައި ދަނޑު ލެވެލް ކުރުމާއި ފަސްގަނޑު ހަރުކުރުން އަދި ދަނޑު ބޮޑު ކުރުމާއި ދަނޑުގެ ވަށައިގެން ފެންސް ޖެހުން ހިމެނޭ ކަމަށެވެ. އޭގެ އިތުން ދަނޑު ނިމޭ އިރު ދަނޑުގެ ބޭރުގައި ކަސްރަތު ކުރުމަށް ބޭނުންވާ ހަ ޓްރެކްވެސް ހެދިފައި އޮންނާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

ދ. މީދޫ ފުޓުބޯޅަ ދަނޑު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓަކީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އިން ކުރިޔަށް ގެންދާ ސްޕޯޓްސް އެރީނާ ކޮންސެޕްޓްގެ ދަށުން ކުރިޔަށް ގެންދާ ޕްރޮޖެކްޓެކެވެ.