ހއ. ހޯރަފުށީގައި ނަރުދަމާގެ މަސައްކަތްކުރަން މޫދަށް އެރިއުޅުނު ބިދޭސީއަކު މަރުވެއްޖެ އެވެ.

ފުލުހުން މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހޯރަފުށީ މޫދަށް އެރިއުޅުނު މީހަކު މަރުވެގެން މިއަދު 11:15 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ މަރުވެފައިވަނީ ބިދޭސީއެއް ކަމަށެވެ.

ހޯރަފުށީ ކައުންސިލުގެ ރައީސް އަލީ އާރިފް ވިދާޅުވީ، މިއަދު މަރުވެފައިވަނީ އެރަށުގައި ސަރުކާރުން އަޅަމުންދާ ނަރުދަމާގެ މަސައްކަތުގެ ތެރެއިން ކަނޑަށް ހޮޅި އެޅުމުގެ މަސައްކަތުގައި މޫދަށް އެރިއުޅުނު ބަންގްލަދޭޝް މީހެއް ކަމަށެވެ.

އޭނާ އެރަށު ސިއްހީ މަރުކަޒަށް ގެނައި އިރުވެސް މަރުވެފައިވާކަމަށް އޭނާ ބެއްލެވި ޑޮކްޓަރުން ވިދާޅުވި ކަމަށް ވެސް އާރިފް ވިދާޅުވި އެވެ.