11 Apr 2010, 10:36
14:30
ތޫނު އެއްޗަކުން ބިދޭސީ ދެ ޓީޗަރަކަށް ބިރުދެއްކުމަށްފަހު އެތަނުން އެއް ޓީޗަރެއްގެ ވޮލެޓް ފޭރިގަނެގެން ފިލި މީހަކު ސ. ހިތަދޫގައި ފުލުހުން ހައްޔަރުކޮށްފި އެވެ.
އައްޑޫ ޕޮލިސް ސްޓޭޝަންގެ ކޮމާންޑަރު، ސަބް އިންސްޕެކްޓަރ އާދަމް އިޔާޒް މިއަދު ވިދާޅުވީ މި ހާދިސާ ހިނގައިފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ 9:30 ހާއިރު ހިތަދޫ އަނގޮޓިގޭ ކައިރީގެ މުހިއްބުއްދީން ސްކޫލްގެ ދެ ޓީޗަރުން ތިއްބާ ކަމަށެވެ. އަދި އެ މީހާ ގޮސް ތޫނު އެއްޗަކުން ބިރުދެއްކުމަށްފަހު އެތަނުން އެ ޓީޗަރެއްގެ އަތުގައި އޮތް ވޮލެޓެއް ފޭރިގަނެގެން ފިލާފައިވައި ވީ ނަމަވެސް އެމީހުންނަށް އެއްވެސް ހަމަލާއެއް ދީފައިނުވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
އެ މީހާ ފޭރިގަން ވޮލެޓްގެ ތެރޭގައި 800 ރުފިޔާ އާއި ވޯކްޕާމިޓް ކާޑެއްގެ އިތުރުން ކޭޝްކާޑް ހިމެނޭ ކަމަށާއި މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހަކީ ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށް ވެސް އިޔާޒް ވިދާޅުވި އެވެ.