19 Mar 2015, 12:47
ތިލަފުށީ ސައިޓަކުން ބަނގުރަލާއި ބަނގުރާ ކައްކަން ބޭނުން ކުރާ އާލާތްތަކާ އެކު ބަނގުލަދޭޝް މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އިއްޔެ ހަވީރު 6:00 ހާއިރު ތިލަފުށި ސައިޓަކުން ބަނގުރަލާ އެކު ބަނގްލަދޭޝް ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އަދި އެތަނުގެ ތެރެއިން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 20 ލީޓަރުގެ ހަ ހަން ފެނިފައިވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ. މީގެ އިތުރުން ވެސް ބަނގުރާ ކައްކަން ބޭނުންކުރާ އާލާތްތައް ވެސް އެސައިޓުގެ ތެރެއިން ފެނިފައިވާ ކަމަށެވެ.
މިމަހު ކުރީ ކޮޅު މާލޭގެ ގެއަކުން ވެސް ވަނީ ބަނގުރާ ކައްކަމުން ދިޔަ ބިދެސީއަކު ގިނަ އަދަދެއްގެ ބަނގުރަލާ ބަނގުރާ ކައްކަމުން ދިޔަ އެއްޗެއްސާ އެކު ހައްޔަރު ކޮށްފަ އެވެ.