19 Mar 2015, 11:57
އުރީދޫ މޯލްޑިވްސް އިން މިއަދު "ރީޗާޖު އެންޑް ވިން"ގެ ނަމުގައި އައު ޕްރޮމޯޝަނެއް ޕްރީޕެއިޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ތައާރަފްކޮށްފި އެވެ.
އެ ޕްރޮމޯޝަންގައި ޕްރީޕެއިޑް ބްރޯޑްބޭންޑް ރީޗާޖުކޮށް އުރީދޫގެ ޑޭޓާ ޕެކޭޖެއް އެކްޓިވޭޓު ކުރައްވައިގެން އިނާމު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫ އިން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ. ނަސީބުވެރި ތިން ފަރާތަކަށް ގުރުއަތުން ސެމްސަންގް ގެލެކްސީ ނޯޓު 4 އުރީދޫ 4ޖީ ވައިފައި ޑިވައިސް އަދި އުރީދޫ 4ޖީ މައިފައި ޑިވައިސްއެއް ލިބޭނެ ކަމަށް ވެސް އެެ ކުންފުނިން ބުންޏެވެ. ކަސްޓަމަރުންނަށް އުރީދޫގެ ޑޭޓާ ޕެކޭޖުތަކުގެ ތެރެއިން 199، 299، 599، 899، 999، 1999، 3199، އަދި 5699، މެދުވެރިކޮށް 200ޖީބީއާއި ހަމައަށް އެކްޓިވޭޓު ކުރެއްވޭނެ ކަމަށް ވެސް އެ ކުންފުނީން ބުންޏެވެ.
"މިއަދު އަނެއްކާ ވެސް ކަސްޓަމަރުންނަށް ގިނަގުނަ އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު މި ހުޅުވާލަނީ ކަސްޓަމަރުން އެންމެ ލޯބިކުރާ ޑޭޓާ އެންމެ ފުރިހަމަ ނެޓުވޯކުގައި ބޭނުންކޮށްގެން. އަޅުގަނޑުމެންގެ އެންމެ ފަހުގެ ޑޭޓާ ޕެކޭޖުތައް މެދުވެރިކޮށް މިހާރު 200ޖީބީއާއި ހަމައަށް އެލަވަންސް ލިބިލައްވާ އިރު މިހާރު ކަސްޓަމަރުންނަަށް އޮންލައިން ކޮމިއުނިޓީއާއި ކަނެޓްކޮށްގެން އޭގެ އިތުރުން ވެސް އޮންލައިންކޮށް ގިނަގުނަ ބޭނުންތައް ކުރެވޭނެ." އުރީދޫގެ ކޮމާޝަލް ޑިރެކްޓަރު އެސްޕޯ ސަރަތީއާ ހަވަލާދީ އެ ކުންފުނީން ބުންޏެވެ.
އެ ޕްރޮމޯޝަން ކުރިއަށް ދާނީ މާޗް 19 އިން ފެށިގެން އޭޕްރީލް 17ގެ ނިޔަލަށް ހަމައެކަނި ޕްރީޕެއިޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށެވެ.