ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ޝަރަފުގައި، ‏ސަޢޫދީ ‏‏ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލްސަޢުދު ފުރަމާނަ ޖާފަތެއް ‏‏ބާއްވަވައިފި އެވެ. މި ޖާފަތް އޮތީ މިއަދު މެންދުރު ފަހު، ‏ ‏ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ‏‏އާލްސަޢުދު‏ގެ ޝާހީ ގަނޑުވަރުގައެވެ.‏

މިފަރިއްކޮޅުގައި، ޞަޢުދީ ޢަރަބިއްޔާގެ ޝާހީ އާއިލާގެ އިސް ބޭފުޅުންނާއި، ‏‏މިނިސްޓަރުން އަދި ‏ސަޢޫދީ ‏ސަރުކާރުގެ އިސް ވެރިން ‏‏ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ‏‏ރައީސް ޔާމިން އަރިހުގައި ވަޑައިގެންނެވި ވަފުދުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.‏