‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ‏‏އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ‏‏ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟަށް މިއަދު މެންދުރުފަހު ވަޑައިގެންފި އެވެ. ‏

‏ރައީސް އޮފީހުން ބުނީ ކިންގް ޚާލިދް އިންޓަރނޭޝަނަލް އެއާޕޯޓުން ރައީސުލްޖުމްހޫރިއްޔާގެ ‏‏ދެކަނބަލުންނަށް މަރްޙަބާ ވިދާޅުވީ، ‏ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ‏‏އާލްސަޢުދު ކަމަށެވެ.

‏ރައީސް ޔާމީނާއި އެމަނިކުފާނުގެ ‏‏‏އަނބިކަނބަލުން ‏ސަޢޫދީއަށް ‏ކުރައްވާ ދަތުރުފުޅަކީ، ސަޢޫދީ ‏‏ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލްސަޢުދުގެ ‏ދަޢުވަތަކަށް ކުރައްވާ ‏‏ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގައި ރައީސް އަރިހުގައި، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު، އަޙްމަދު ސިޔާމް މުޙަންމަދާއި މިނިސްޓަރ ‏‏އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ ޑރ މުޙަންމަދު ޝައިނީ އާއި، މިނިސްޓަރ އޮފް ‏‏އިސްލާމިކް އެފެއާޒް ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދު ‏‏ބައިވެރިވެވަޑައިގަންނަވަ އެވެ.‏