18 Mar 2015, 11:00
އެމްޓީސީސީން 1.3 މިލިއަން ރުފިޔާގެ ޔަންމާ އިންޖީނެއް މޯލްޑިވްސް ޕޮލިޓެކްނިކަށް ހަދިޔާކޮށްފި އެވެ.
މިއަދު މޯލްޑިވްސް ޕޮލިޓެކްނިކުގައި ބޭއްވި ރަސްމިއްޔާތުގައި މި އިންޖީނު އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު އާ ހަވާލުކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގު ހަލީމު އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ވިދާޅުވީ އެ ކުންފުނީގައި ޒުވާނުންނަށް ފުރުސަތު އެބައޮތްކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އަހުމަދު ޝަފީއު ވިދާޅުވީ މި ދީލަތި އެހީއަށްޓަކައި އެމްޓީސީސީ އަށް ޝުކުރު ދަންނަވާކަަށެވެ. އަދި ޒަމާނުއްސުރެ އެމްޓީސީސީން ޕޮލިޓެކްނިކު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ޝަފީއު ވިދާޅުވި އެވެ.
އަދި ވަޒީފާގެ ފުރުސަތު ތަނަވަސް ކުރުމަށްޓަކައި ޒުވާނުންނަށް ތަފާތު ހުނަރުތައް ދަސްކޮށްދީފިނަމަ ވަޒީފާ ދޭ ފަރާތްތަކުން އެ ޒުވާނުން ހޯދަން އަންނާނެ ކަމަށް ޝަފީއު ވިދާޅުވި އެވެ.
ޕޮލިޓެކްއަށް ހަދިޔާކުރި ޔަންމާ އިންޖީނަކީ 350 ހޯސްޕަވަރުގެ އިންޖީނެކެވެ.