ރައްޔިތުންގެ މަޖިލީހުގައި މިހާރަކަށް އައިސް ކުރިއައްދާ ކޮންމެ ޖަލްސާއެއްގައި އާންމުކޮށް ކަންހިނގާ އުސޫލުން މިއަދުވެސް މަޖިލީހުގެ ޖަލްސާ ފެށިގެން ކުރިއަށް އެބަދެ އެެވެ.

އެގޮތުން އެމްޑީޕީގެ މެންބަރުން އިހުތިޖާޖު ކުރިއަށް ގެންދާ އިރު، އެބޭފުޅުންގެ މަންޒަރުތަށް ވީޑިއޯ ކުރުމާއި ފޮޓޯ ނެގުމުގައި ހަރަކާތްތެރިވަނީ ސަރުކާރު ކޯލިޝަނުގެ މެންބަރުންނެވެ. އަދި ސަރުކާރު ކޯލިޝާނަށް ތާއީދު ކުރައްވާ މެންބަރުން ފޮޓޯ ނެންގެވުމާއި ބަހުސް ކުރުމުގެ ހަރަކާތްތަށް އިދިކޮޅި އެމްޑީޕީން ދަނީ ފޮޓޯ އަދި ވީޑިއޯގެ ޒަރީއާއިން ސޯޝަލް މީޑިއާގައި އާންމު ކުރަމުންނެވެ.

މަޖިލީހުގެ ޖަލްސާ ކުރިއައްދާ އެހެން ދުވަސްތަކާ ހިލާފަށް މިއަދުގެ ޖަލްސާގައި އެމްޑީޕީ މެންބަރުން އިހުތިޖާޖުގައި ގެންގުޅޭ ތާޅަފލީގެ އަދަދު އިތުރުކަން ފާހަގަކުރެވެ އެވެ.

މިއަދު ކުރިއަށްދާ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރެވިފައި ވަނީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ހުށަހަޅުއްވާފައިވާ މަޖިލީހުގެ މެންބަރުން އިތުރުނުވާ ގޮތަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރުމާއި، ޕާކިސްތާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމަށް އަހުމަދު ސަލީމު އައްޔަންކުރުމަށް މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް ވޯޓަށް އެހުމާއި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އަހުމަދު އަކުރަމް އައްޔަން ކުރުމާއި މެދު މަޖިލީހުގެ ރުހުން އޮތް ތޯ ބެލުމަށް ވޯޓަށް އެހުމެވެ.