މާލޭ ދެކުނު ފަރާތު، އެއް ނަމްބަރު ކުނިކޮއްޓާ އިންވެގެން ހުންނަ ނީލަންފިހާރައިގައި އަލިފާން ރޯވެއްޖެ އެވެ.

ބާ ދަގަނޑާއި ލަކުނޑި ޖަމާކޮށްފައިވާ ނީލަން ފިހާރައިގައި އަލިފާން ރޯވީ މިރޭ މެންދަމު 12:45 އެހާކަންހާއިރު އެވެ. އަލިފާން ރޯވީ ނީލަންފިހާރައިގެ ބައެއްގަ އެވެ. އަލިފާން ރޯވި ތަނުގައި ހުރީ ޓިނާއި ލަކުނޑި އެވެ. އަލިފާން ރޯވި ސަބަބެއް އަދިއެއް ނޭނގެ އެވެ. އަލިފާންރޯވި ވަގުތު އެ ސަރަހައްދުގައި ތިބި ބިދޭސީންގެ ބަޔަކު ބުނީ އަލިފާން ރޯވީ، އަޑެއް ގޮވުމަށްފަހުގައި ކަމަށެވެ.

އަލިފާން ރޯވި ނީލަން ފިހާރައިގެ ކައިރީގައި ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ-- ސަން ފޮޓޯ/ އަލީ ނަސީރު

އެމްއެންޑީއެފުން ބުނީ ސިފައިންނާ ފުލުހުންގެ މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެތަނުގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ނޭނގޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.