މިދިޔަ ހޯމަ ދުވަހު ފުޓްބޯޅަ ކުޅުމާ ދުރަށް ދިޔަ ބްރެޒިލްގެ ވޯލްޑް ކަޕް ތަރި ރޮނާލްޑޯ އެ ގައުމުގައި ބާއްވާ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ލޯކަލް އޮގަނައިޒިން ކޮމިޓީގައި ހިމަނައިފި އެވެ.

މި ގޮތުން އޭނާ މަސައްކަތް ކުރާނީ ސައުޕޯލޯ ސްޓޭޓްގެ އޮގަނައިޒިން ޓީމާއެކުގަ އެވެ.
ރޮނާލްޑޯ ބުނީ ސަައުޕޯލޯގައި ވޯލްޑް ކަޕަށް ވާންޖެހޭ ވަރަށް ގިނަ ތައްޔާރީތައް އެބަހުރި ކަމަށާއި އެކަންކަމުގައި އެހީތެރިވެ މުބާރާތް ބްރެޒިލް ކާމިޔާބު ކުރަން އޭނާ ބޭނުންވާ ކަމަށެވެ.

ތިން ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރޮނާލްޑޯ އަކީ ވޯލްޑް ކަޕުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ.