ދިވެހި ރާއްޖޭގައި ދީނީ ކަންކަން އާލާކޮށް ދެމެހެއްޓުމަށް މިސަރުކާރުން އެއްވެސް ހުރަަހެއް ނާޅޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓަރު މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އިސްލާމް ދީނުގެ އެއްވެސް ކަމެއް ދިރުވައި ދެމެހެއްޓުމަށް މިސަރުކާރުން މިހާތަނަށް އެއްވެސް ހުރަހެއް ކުރިމަތިކުރުވާފައިނުވާ ކަމަށެވެ.



ޝަހީމް ވިދާޅުވީ މިސަރުކާރުން އަރަބި އިސްލާމީ ތައުލީމު ފުޅާކުރުމަށާއި ޅަދަރިންގެ އަގީދާ ހަރުދަނާ ކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރިއަށް ގެންދާ ކަމަށެވެ. އަދި އެންމެންނާ މެދު އިންސާފު ވެރިވާން ޖެހޭ ފަދައިން އިންސާފަށް ގޮވާލާ ފަރާތްތަކުން ވެސް އިންސާފުވެރި ބަހެއް ނޫނީ ބުނެގެން ނުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ދީނީ އިލްމުވެރިންގެ އެއްބާރުލެއްވުން ސަރުކާރުގެ މަޝްވަރާތަކުގައި ބޭނުންވާނެ ކަމަށާއި ހޮޔޮގޮތުގައި ސަރުކާރަށްދޭ އިރުޝާދުތައް ސަރުކާރުން ބަލައިގެންނާނެ ކަމަށް ވެސް ޝަހީމު ވިދާޅުވި އެވެ.

އިލްމުވެރިންނާ ބެހޭ ގޮތުން ޝަހީމް މިމޭ ރުމުން ވާހަކަދައްކަވާފައި މިވަނީ އެމަނިކުފާނު ނިސްބަތްވެވަޑައިގެންނަވާ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގައި ރޭ ކުރި މަޝްވަރާތަކުގައި ދައުލަތުގެ ތިން ބާރު ވަކިވެފައިވާ ނިޒާމު، އެއްކުރަން ސަރުކާރުން މަސައްކަތް ކުރާ ކަމަށާއި ނެތި ދިޔަ އަނިޔާވެރި ވެރިކަމުގެ ވައްޓަފާޅި އަލުން އަނބުރާ އިޔާދަވެއްޖެ ކަމަށް ބުނެ އަދާލަތު ޕާޓީން ސަރުކާރާ ދެކޮޅަށް ތެދުވުމަށް އިގުރުވެފައި ވަނިކޮށެވެ.