17 Mar 2015, 09:44
އޮރެންޖަކީ އޭގެން ގިނަ ފައިދާތަކެއް އިންސާނާގެ ހަށިގަނޑަށް ލިބޭ މޭވާގެ ބާވަތެކެވެ. އަދި އޮރެންޖަކީ ފަސޭހައިން ލިބޭ އަގުހެޔޮ ވަކި މޫސުމެއް ނޯންނަ މޭވާ އެކެވެ. ދުނިޔޭގައި 600 ވައްތަރުގެ އޮރެންޖް ހުރެ އެވެ.
އޮރެންޖުން ލިބޭ ސިއްހީ ފައިދާތައް ގުނާ އަދަދު ނުކުރެވޭ އިރު، އޭގެ ތެރޭގައި ލޭ ސާފުކޮށްދިނުމާއި ގިނަ ވިޓަމިންތަކެއް ހަށިގަނޑަށް ލިއްބައިދީ ހަށިގަނޑުގެ ބާރު ގަދަވެގެން ދެ އެވެ. އޮރެންޖުން ހަށިގަނޑަށް ލިބޭ ހަތަރު ސިއްހީ ފައިދާއަކަށް ބަލާލާނަމެވެ.
އޮރެންޖުން ހަށިގަނޑުގައި ދައުރުވާ ލޭ ސާފުކޮށްދޭ
އޮރެންޖުގައި ވިޓަމިން ސީ އެކުލެވޭ ކަން އެއީ އެންމެންވެސް ދަންނަ ހަގީގަތެކެވެ. ވިޓަމިން ސީގެ އިތުރުން ވެސް އޮރެންޖުގައި އިންސާނާގެ ހަށިގަނޑަށް ބޭނުންވާ ގިނަ މާއްދާތަކެއް އެކުލެވެ އެވެ. އެގޮތުން އެންޓި އޮކްސިޑެންޓްސް އަދި ފައިބާ ވެސް ގިނަ އަދަދަކަށް އެކުލެވެ އެވެ. އޭގެ ސަބަބުން ހަށިގަނޑުގައި ދައުރުވާ ލޭ ސާފުކޮށްދީ އާންމުކޮށް ޖެހޭ ބަލިތަކުން ސަލާމަތްވެ އަދި ހަށިގަނޑުގައި ހުންނަ ބޭކާރު ތަކެތި ބޭރުކުރުމަށް ފަސޭހަވެގެންދެ އެވެ.
ހަންގަނޑު މުސްކުޅިވުން ލަސްކޮށޮލުމަށް އޮރެންޖު
އުމުރުން ދުވަސްވާ ވަރަކަށް ހަންގަނޑުގައި ރޫ ޖެހި ހަންގަނޑު ކުރަކިވުމަކީ އެންމެނަށްވެސް ދިމާވާ މައްސަލަ އެކެވެ. ހަންގަނޑު ޒުވާން ކަންމަތީ ބެހެއްޓުމަށް އޮރެންޖުކާށެވެ. އޮރެންޖަކީ އޭގެ ސަަބަބުން ހަމުގެ ރޫތައް ފިލުވާލަދޭ ހަންގަނޑުގެ ކުލަ އަލިކޮށްލަދޭ، ލަކުނުތައް ފިލުވާލަދޭ ގިނަ މާއްދާތަކެއް އެކުލެވޭ މޭވާ އެކެވެ. ހަމުގެ އިތުރުން ލޮލުގެ ފެނުން ސާފުކޮށް، ލޮލަށް ފަރުވާއަކަށް އޮރެންޖު ކެއުމަށް ސިއްހީ މާހިރުން ލަފާ ދެއްވަ އެވެ.
ހިތުގެ ބަލިތަކަށް އޮރެންޖަކީ ފަރުވާއެއް
ހަށިގަނޑުގައި ފެޓްސް އިތުރުވެ ކޮލެސްޓްރޯލް މައްޗަށް ދިއުމުން ސަލާމަތްވުމަށް އޮރެންޖު ކާށެވެ. ހަމައެހެންމެ ލޭގެ ހިނގުން ނޯމަލްވެ، ޕްރެޝަރު މައްޗަށް ދިއުމުގެ ބަލިން ސަލާމަތްވުމަށް ވެސް އޮރެންޖު ކެއުމަށް ސިއްހީ މާހިރުން ލަފާދެއްވަ އެވެ. މި ހުރިހާ ކަމަކާ ގުޅިގެން ދިމާ ހިތުގެ ބަލިތަކަށް އޮރެންޖު ފަރުވާއަކަށް ވެގެންދަނީ އެ ސަބަބުން ތަކަށްޓަކަ އެވެ.
ކެންސަރު ސެލްތައް އުފެދުމުން ސަލާމަތް ކޮށްދޭ
ދުވާލެއްގެ މައްޗަށް އެކެއް ނުވަތަ ދެ އޮރެންޖު ކެއުމުގައި ބޭނުން ކުރާ ނަމަ ކެންސަރުޖެހުމުގެ ފުރުސަތު ކުޑަވެގެން ދާނެ ކަމަށް ދިރާސާތަކުން ދައްކަ އެވެ. ސަބަބަކީ ކެންސަރުގެ ސެލްތަކުން ސަލާމަތްވުމަށް ބޭނުންވާ އެންޓިއޮކްސިޑެންޓު އެ މާއްދާ އޮރެޖުގައި އެކުލެވޭތީ އެވެ. ކެންސަރުގެ އިތުރުން ހަނދާން ނެތުމުގެ ބަލި، ފަލަވުން، އަދި ހަކުރު ބައްޔައް ވެސް ފަރުވާއަކަށް އޮރެންޖްވެ އެވެ.
މައުލޫމާތު: ހެލްތްޑައިޖެސްޓް