ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް ނެޓްވޯކްގައި މަނާ ކުރާ ބާވަތުގެ ތަކެއްޗަށް އިތުރު ބަދަލުތަކެއް ގެނެސް އާންމުުންނަށް އެ މައުލޫމާތު ތަފްސީލުކޮށް ލިބޭނޭ ގައިޑްލައިނެއް އެކުލަވާލައިފި އެވެ.

ފޭސްބުކް އިން އެ ނެޓްވޯކުގެ ކޮމިއުނިޓީ ސްޓެންޑާޑް އަށް ގެނައި އައު ބަދަލުތަކާއެކު ފޭސްބުކްގެ ޕޯސްޓުތަކަކީ ނުރައްކާތެރި ޖަމާއަތްކަށް ނިސްބަތްވާ ޕޯސްޓެއް ކަމުގައި ވާނަމަ އެ ކަމެއް ރިޕޯޓު ކުރެވޭނެ އެވެ. ފޭސްބުކްގައި ބަރަހަނާ ފޮޓޯ ފަދަ ތަކެތި ޝާއިއު ކުރާ ފަރާތްތަކަށް އިތުރު މައުލޫމާތުތަކެއް ފޯރުކޮށްދޭން ޖެހޭނެ އެވެ.

ފޭސްބުކްގެ ހިދުމަތްތައް ފުޅާ ކުރުމަށް ގެނައި ބަދަލާމެދު ސޭފްޓީ އެޑްވައިޒަރުންގެ ތައުރީފު ލިބިފަ އެވެ.

ފޭސްބުކް ގައި ޔޫސާއަކު ކުރާ ޕޯސްޓަކަށް އެހެން ފަރާތަކު މައްސަލައެއް ޖައްސައިފިނަމަ ޕޯސްޓު ކުރި ފަރާތައް އެ މައްސަލަ ފޮނުވޭނެ ކަމަށެވެ.

އެ ނެޓްވޯކްގެ ކޮންޓެންޓް ޕޮލިސީގެ ގްލޯބަލް ހެޑް މޮނިކާ ބިކެޓް ވިދާޅުވީ ގައިޑްލައިނަށް އަލަށް ގެނައި ބަދަލަކީ ފޭސްބުކްގައި ޕޯސްޓުތައް ނެގުމަށް ކުރާ ރިކުއެސްޓުތައް ބާތިލްވާ ސަބަބާ މެދު އުފެދޭ އޮޅުންތަކަށް ހައްލެއް ލިބޭނެ ކަމަށެވެ. ނަމަވެސް ފޭސްބުކްގެ ޕޮލިސީތަކަށް ބަދަލުތަކެއް އައިސްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އައު ބަދަލުގައި ހިމެނޭ އިތުރު ކަންތައްތަކުގެ ތެރޭގައި ހަނގާ ކުރުން ޕްރޮމޯޓު ކުރާ ޕޯސްޓްތައް ވަނީ ފޭސްބުކްގައި ބޭނުން ކުރުން މަނާ ކޮށްފަ އެވެ. މީގެ އިތުރުން އަމިއްލަ ނަފްސަށް އަނިޔާ ކޮށް އެފަދަ ތަކެތި ޕޯސްޓު ކުރުން ވެސް ވަނީ މިހާރު މަނާ ކުރެވިފަ އެވެ. ނަފުރަތުގެ ބަސްތަކާއި ގާނޫނީ ކުށް ކުރުމަށްފަހު ކުރާ ޕޯސްޓުތައް ވެސް ވަނީ މަނާ ކުރެވިފަ އެވެ. އެހެން ކަމުން އެތަކެތި ވަގުތުން ނެގޭނެ އެވެ.

އައު ގައިޑްލައިން އާއެކު އާންމުންނާ ނުގުޅޭ އަޑާއި މަންޒަރު ހުންނަ ވީޑިއޯތަކުގައި އެ ބެލުމުގެ ކުރިން ވޯނިން އެއް އިންނާނެ ކަމަށް ފޭސްބުކް އިން ވަނީ ބުނެފަ އެވެ.