16 Mar 2015, 13:49
ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާ އަށް ރޭ ފުރާވަޑައިގެންފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ޗީފް އޮފް ޑިފެންސް ފޯސް މެލޭޝިއާއަށް ކުރައްވާ މި ދަތުރުފުޅަކީ މެލޭޝިއާގެ ލަންކަވީގައި ބާއްވާ "ލަންކަވީ އިންޓަނޭޝަނަލް މެރިޓައިމް އެންޑް އެއިރޯ ސްޕޭސް އެގްޒިބިޝަން 2015" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.
މި އެގްޒިބިޝަން ބޭއްވުމަށް ހަމަޖައްސާފައި ވަނީ މިމަހުގެ 17 އިން 25ގެ ނިޔަށެވެ.