18 Feb 2011, 14:45
ޑީއާރްޕީން އައިލެން އޭވިއޭޝަނަށް ފަސްލައްކަ ރުފިޔާއަށް ވުރެ ގިނަ ފައިސާ ދައްކަންޖެހޭ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ޑީއާރްޕީން އައިލެންޑް އޭވިއޭޝަނުން ދަރަންޏަށް ހިދުމަތްތައް ހޯދުމަށްފަހު ނުދައްކާ ހުރި ފައިސާގެ މައްސަލައިގައި އައިލެންޑް އޭވިއޭޝަނުން ދައުވާ ކުރުމުން މައްސަލައިގެ މައްޗަށް ޝަރީއަތް ހިންގުމަށްފަހު ޝަރީއަތުން އިއްވެވި ހުކުމުގައި ބުނަނީ ޑީއާރްޕީން އައިލެންޑް އޭވިއޭޝަނަށް 510479.28ރ. ދައްކަން ޖެހޭ ކަމަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
ޑިއާރްޕީގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓްގެ އިސްގާޒީ އަލީ ސަމީރު ކުރެއްވެވި ހުކުމުގައި ބުނަނީ ޑީއާރްޕީން އައިލެންޑް އޭވިއޭޝަނަށް ދައްކަންޖެހޭ މި ފައިސާ އެއްމަސް ދުވަހުގެ ތެރޭގައި ދައްކާ ނިންމަން ޖެހޭނެ ކަމަށެވެ. މިހުކުމް ކޮށްފައި ވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ.