16 Mar 2015, 10:53
މީހުން ގޮވައިގެން ދަތުރު ކުރާ ބްރެޒިލްގެ ބަހެެއް ފަރުބަދަމަތީ މަގަގުން ވެއްޓި 54 މީހުން މަރުވެއްޖެ އެވެ. އެ އެކްސިޑެންޓްގައި މަރުވި މީހުންގެ ތެރޭގައި ތިން ކުޑަކުދިން ވެސް ހިމެނެ އެވެ.
ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނީ ބްރެޒިލްގެ ދެކުނުގެ ޖަންގަލީގެ ހިސާބަކުން ދަތުރު ކުރި އެ ބަސް އިއްޔެ ފޮރުޅާލީ 1،300 ފޫޓު މަތީން ކަމަށާއި އޭރު ބަހުން 60 ވަރަކަށް މީހުން ދަތުރު ކުރި ކަމަށެވެ.
އެ ހާދިސާގައި ހައެއްކަ މީހުން ސަލާމަތްވި އެވެ. އަދި އެ މީހުންނަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
އެ ހާދިސާ ހިނގަން މެދުވެރިވީ ކީއްވެގެން ކަމެއް ނޭނގެ އެވެ. ނަމަވެސް ފުލުހުން ބުނީ ބަހުގެ ބްރެކި ހަލާކުވެފައިވާ ކަމަށެވެ.
އެ ހާދިސާ ހިނގީ ރޭގަނޑު ކަމަށާއި މީހުން ސަލާމަތް ކުރުމަށް ދަތިތަކާ ކުރިމަތިވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ބްރެޒިލްގެ ފަރުބަދަމަތީ ސަރަހައްދަކީ ޓޫރިސްޓް އޭރިއާ އެކެވެ. އަދި ގިނަ ބަޔަކު އެތަނަށް ދެ އެވެ.
ބްރެޒިލްގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މީހުން ސަލާމަތް ކުރުމަށް އެ ސަރަހައްދަށް ވަގުތުން ހެލިކޮޕްޓަރު ފޮނުވި އެވެ. ނަމަވެސް ޖަންގަލި ބޯޯ އެ ސަރަހައްދަށް ހެލިކޮޕްޓަރަށް ޖެއްސޭ ގޮތެއް ނުވި އެވެ.