16 Mar 2015, 10:06
ރޯގައި ޖެހި ކެއްސާހެއްޔެވެ؟ އެކަމުން ސަލާމަތްވުމަށް ބޭހުގެ ބަދަލުގައި އިނގުރު ސައި ބޭނުން ކުރާށެވެ. އިގުރު ސައި ތައްޔާރު ކުރާނެ ގޮތް ބުނެލަދޭނަމެވެ.
ބޭނުންވާނެ ތަކެތި
1- އެއް އިންޗި ހުންނަހާ އިނގުރު ކޮޅެއް
2- ކުދީނާ ފަތުގެ 10 ފަތް
3- ބައި ސަމުސާ ސައިފަތް
4- ބޭނުންވާ ވަރަށް ހަކުރުކޮޅެއް
ހައްދަވާނެ ގޮތް
އެންމެ ފުރަތަމަ އިނގުރު ކޮޅާއި ކުދީނާފަތް ކޮޅު ރަގަޅަށް ޗަސް ކޮށްލާށެވެ. އެއަށް ފަހު ފެން ހޫނުކުރަން އުދާށެވެ. ފެންކޮޅު ރަނގަޅަށް ކެކެން ފެށުމުން ސައިފަތާއި ޗަސް ކުރި އިނގުރާއި ކުދީނާ ފަތްކޮޅު ފެނުގެ ތެރެއަށް ރަގަޅަށް އަޅާލާށެވެ. އަދި އެ އަށް ފަހު ޖޯޑަކަށް ސައި އެޅުމަށް ފަހު ބޭނުންވާ ވަރަށް ހަކުރު ކޮޅެއް އަޅާލާށެވެ. އޭރުން އިނގުރު ސައި ތައްޔާރުކޮށް ނިމުނީ އެވެ.
މައުލޫމާތު: ހެލްތު ޑައިޖެސްޓް