15 Mar 2015, 20:03
ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށުގެ ދައުވާއާ ގުޅިގެން ޝަރީއަތް ނިމެންދެން ފުލުހުންގެ ބަންދުގައި ހުރި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް "ވަގުތީ ގޮތުން" ގެއަށް ބަދަލުކޮށްފި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު ސްޓޭޝަން އިންސްޕެކްޓަރު އިސްމާއިލް އަލީ ވިދާޅުވީ ނާޒިމްގެ އަނބިކަނބަލުންގެ ގެ، ގ. އެނިފަށް އޭނާ ގެންދެވީ "ވަގުތީ" ގޮތުން ކަމަށެވެ. ވަގުތީ ގޮތުން ނާޒިމް ގެއަށް ބަދަލު ކުރި ސަބަބެއް އިސްމާއިލް ވިދާޅެއް ނުވެ އެވެ.
ނާޒިމްގެ އާއިލާ އިން ބުނީ އޭނާ ގެއަށް ބަދަލު ކުރީ "ސިއްހީ ފަރުވާއަކަށް 24 ގަޑިއިރަށް" ކަމަށެވެ.
ނާޒިމް ގެއަށް ގެނެސްފައި ވަނީ ފުލުހުންގެ ބަންދުގައި ހުންނަތާ 33 ދުވަސް ފަހުންނެވެ. ދިރިއުޅޭ ގެއިން ފިސްތޯލައަކާއި ތިން ވަޒަން ފެނުމު ކަމަށް ބުނެ، ދައުލަތާ ދެކޮޅަށް ރޭވުންތަކެއް ރާވާ ކަމަށް ބުނެ، ނާޒިމް ހައްޔަރު ކުރީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ.