15 Mar 2015, 17:50
ގޫގުލް އިން މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށްދާ "ގޫގުލް ސައިންސް ފެއާ" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ފޭސްބުކު މެދުވެރިކޮށް ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ގޫގުލް ސައިން ފެއާގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި، އެ ފެއާގައި ބައިވެރިވެވެނީ އުމުރުން 13 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިން ވަކިން ނުވަތަ ތިން ކުދިންގެ ގުރޫޕަކުން ކަމަށެވެ.
މޭ މަހުގެ 19 ވަނަ ދުވަހަށް ގޫގުލް ސައިންފެއާ ނިމޭ އިރު ތަފާތު ދާއިރާތަކުން އާ ހޯދުންތަކާއި އީޖާދުތަކާއި މޮޅެތި ހުށަހެޅުންތަކަށް އަގުހުރި އިނާމުލިބޭ އެ މުބާރާތުން މިފަހަރު އެއްވަނަ އިނާމަކަށް ހުށަހަޅާފައި ވަނީ 50،000 ޔޫއެސް ޑޮލަރެވެ.
އެ ފެއާގައި ބައިވެރިވާން ބޭނުންވާ ކުދިން ފެއާގެވެބްސައިޓަށް ޒިޔާރަތް ކުރުމަށް ފަހު އޭގައިވާ ގޮތަށް ޕްރޮސީޖަސް ތަށް ފޮލޯ ކުރުމަށް ގޫގުލުން ވަނީ ބުނެފަ އެވެ.
ގޫގުލް ސައިންސް ފެއާގައި ބައިވެރި ވޭތުވެދިޔަ އަހަރު ވަނަތަށް ހާސިލްކޮށްފައި ވަނީ އަޔަލޭންޑް އަށް ނިސްބަތްވާ 16 އަހަރު ދެ އަންހެން ކުދިންނާއި، 17 އަހަރުގެ އަންހެން ކުއްޖެކެވެ.
ގޫގުލް ސައިންފެއާއެއް އެންމެ ފުރަތަމަ ބާއްވާފައި ވަނީ 2011 ވަނަ އަހަރު އެވެ.