15 Mar 2015, 12:27
ނ. ވެލިދޫގައި ނަހަލާލަށް ބަލިވެއިނދެ ވިހެއުމަށްފަހު ދަރިފުޅު ވަޅުލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަންއަށް މިއަދު ވިދާޅުވިީ، އެ މައްސަލައާ ގުޅިގެން އުމުރުން 18 އަހަރުގެ އަންހެނަކު ވެލިދޫން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ހޮނިހިރު ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ތުއްތު ކުއްޖާ ހޯދުމުގެ ގޮތުން ރަށުގެ އެކި ސަރަޙައްދުތައް ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް އެކުއްޖާ ފެނިފައިނުވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ، މިމައްސަލައިގައި ހައްޔަރު ކޮށްފައިވާ އަންހެންމީހާ، ކުއްޖަކު ވިހެއުމަށްފަހު ވަޅުލާފައިވަނީ ދިރިހުއްޓަކައި ކެމެއް އަދި ނޫންކަމެއްވެސް ނޭނގޭ ކަމަށާއި އަދި އެއީ ކޮން ދުވަހެއްގައި ކަންވެސް މިހާތަނަށް ބެލި ބެލުމުން އެނގިފައި ނުވާކަމަށެވެ.