އިންޑިޔާ އާއި ބަނގްލްދޭޝް އަދި ސްރީލަންކާގައި މާދަމާ ފަށާ ކްރިކެޓް ވޯލްޑް ކަޕް ހުޅުވާ މެޗުގައި ބަންގާޅާ ވާދަ ކުރަން އިންޑިޔާގެ ގައުމީ ޓީމު ބަނގްލްދޭޝް އަށް ހިނގައްޖެ އެވެ.

ހަޒްރަތު ޖަލާލް އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިޔާގެ ޓީމު ޝެރަޓަން ހޮޓަލަށް ދިޔައީ ފުލުހުންގެ ފުލް ސެކިއުރިޓީގައި ދެ ބަހުގަ އެވެ. ކްރިކެޓްގެ މެޗުތަކާ ގުޅިގެން ދެކުނު އޭޝިޔާގައި ޓެރަރިޒަމްގެ ހަމަލާތައް ދެމުންދާތީވެ ބަންގާޅުގައި ވަނީ މުބާރާތަށް ސެކިއުރިޓީ ވަރަށް ވަރުގަދަ ކޮށްފަ އެވެ.

14 ގައުމު ބައިވެރިވާ ކްރިކެޓް ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ބަންގާޅުގެ ބަންގަބަންދު ނެޝަނަލް ސްޓޭޑިއަމުގަ އެވެ. މި ރަސްމިއްޔާތުގައި މުބާރާތުގައި ވާދަ ކުރާ 14 ގައުމުގެ ގައުމީ ކެޕްޓަނުން ވެސް ބައިވެރިވި އެވެ. 30 މިލިއަން ޑޮލަރުގެ ހޭދަކޮށްފައިވާ ހުޅުމުގެ ރަސްމިއްޔާތު ހުޅުވައި ދެއްވީ ބަންގާޅުގެ ބޮޑުވަޒީރު ޝެއިހް ހަސީނާ އެވެ.

43 ދުވަހަށް ދިގުދެމިގެންދާ މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ އޭޕްރީލް މަހުގެ ދެ ވަނަ ދުވަހު އިންޑިޔާގަ އެވެ. މި ފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 3.25 މިލިއަން ޑޮލަރު ލިބޭނެ އެވެ. ރަނަރަބް ޓީމަށް 1.5 މިލިއަން ޑޮލަރު ލިބޭއިރު މުބާރާތުގެ ކޮންމެ މެޗަކުން މޮޅުވާ ޓީމަކަށް 30000 ޑޮލަރު ލިބޭނެ އެވެ.

ވޯލްޑް ކަޕުގެ ގްރޫޕް އޭގައި ހިމެނެނީ ޗެމްޕިއަން އޮސްޓްރޭލިޔާ އާއި ނިއުޒީލޭންޑާއި ޕާކިސްތާނާއި ސްރީލަންކާގެ އިތުރުން ނިއުޒީލޭންޑާއި ކެންޔާ އަދި ކެނެޑާ އެވެ.

ގްރޫޕް ބީގައި ހިމެނެނީ ބަނގްލްދޭޝް އާއި އިންގްލޭންޑް އަދި އިންޑިޔާ އާއި ސއަުތު އެފްރިގާގެ އިތުރުން ވެސްޓް އިންޑީޒް އާއި އަޔަލޭންޑް އަދި ނެދަލޭންޑްސް އެވެ.