13 Mar 2015, 18:29
އައްޑޫ ސިޓީ ހިތަދޫ ލިކް ރޯޑުގައި ދުއްވާފައި ދިޔަ ކާރެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހަވީރު 4:30 އެހާކަންހާއިރު އައްޑޫ ލިކްރޯޑުން ކޮންވެންޝަން ސެންޓަރަށް ދާން އޮއްނަ މަގުން ދުއްވާފައި ދިޔަ ކާރެއްގައި ރޯވިކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި، އިތުރު ތަފްސީލު އަދި ލިބިފައި ނުވާ ކަމަށެވެ.
ކާރުގައި ރޯވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އައްޑޫ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ވަނީ އަލިފާން ނިއްވާލާފަ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އައްޑޫ ސިޓީ ހިތަދޫގައި މިއަދު ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ވަނީ އެރަށު އާގަލާ މާޓު ހިންގާ މުހައްމަދު ހަސަން ގެ ކާރެއްގައެ އެވެ. އަދި އެއީ ބީއެމްޑަބުލިއު ކާރެއްކަންވެސް އެނގިފައިވެ އެވެ.
ކާރުން ދުން އަރަން ފެށުމާއެކު ޑްރައިވަރު ވަނީ ވަގުތުން ކާރުން ފައިބާފައެވެ. އަދި އޭގެ އިރުކޮޅެއްފަހުން އެ ކާރުގައި ވަނީ އެއްކޮށް ރޯވެފައެވެ.
ފުލުހުން މިހާރު ދަނީ އެ މައްސަލަ ބަލަމުންނެވެ.