ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް ނަޝީދު ދޫކޮށްލުމަށް ގޮވާލައި އެމްޑީޕީން މިއަދު ހިނގާލުން ފެށުމުގެ ކުރިން ފުލުހުން އުސްފަސްގަނޑު ސަރަހައްދު ބަލައިފާސްކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އުސްފަސްގަނޑު ސަރަހައްދު ބަލައި ފާސްކޮށްފައި ވަނީ އާންމުކޮށް ފުލުހުން ތަންތަން ބަލައި ފާސްކުރާ އުސޫލުގެ މަތިން ކަމަށެެވެ.

އެ ސަރަހައްދު ބަލައިފާސްކުރި އިރު އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފެބުރުއަރީ މަހުގެ 27 ވަނަ ދުވަހު އެމްޑީޕީ އަދި ޖުމްހޫރީ ޕާޓީގުޅިގެން ކުރިއަށް ގެންދިޔަ ބޮޑު ހިނގާލުމަށް މީހުން އެއްވެފައި ވަނިކޮށް ފުލުހުން އުސްފަސްގަނޑު ސަރަހައްދު ބަލައި ފާސްކުރި ކުރުމުގައި މާރާމާރީ ހިންގަން ބޭނުންކުރާ ހަތިޔާރުތަކެއް ވަނީ ފެނިފައެވެ.. އޭގެތެރޭގައި ކަތިވަޅި އަދި ދަގަޑު ބުރި ފަދަ ތަކެތި ހިމެނެ އެވެ.