13 Mar 2015, 09:47
ހުޅުމާލޭގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި ޒަޚަމްވި ދެ މީހަކަށް އޭޑިކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
ހުޅުމާލޭ ހޮސްޕިޓަލްގެ އޮފިޝަލަކު މިއަދު 'ސަން' އަށް ވިދާޅުވީ ރޭ ދަންވަރު 1:00 އެހާކަންހާއިރު ހުޅުމާލޭ ބަގީޗާ ހިނގުމުގައި ހިނގި އެ އެކްސިޑެންޓުގައި ޒަޚަމްވެފައި ވަނީ އެކްސިޑެންޓުވި ސައިކަލުގައި އިން ދެ މީހުންނާއި، ސައިކަލުން ޖެހުނު ބަނގުލަދޭޝްގެ ރައްޔިތަކު ކަމަށެވެ.
އޭނާ ވިދާޅުވީ އެ ތިން މީހުންނަށް ވެސް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށާއި އެހެންނަމަވެސް އައިސީޔޫގައި ފަރުވާދެމުން އަންނަ އަނީ ސައިކަލުގައި އިން އެކަކާއި، ސައިކަލުން ޖެހުނު ބަނގުލަދޭޝްގެ ރައްޔިތުމީހާ ކަމަށެވެ.
އެކްސިޑެންޓްވީ ކޮން އުމުރެއްގެ ބައެއް ކަމެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.