13 Mar 2015, 08:44
ރާއްޖޭގެ އިގްތިސާދާއި އިމާރަތްކުުރުމުގެ ސިނާއަތް ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރަށް ފުރިހަމަ އަށް އެއްބާރުލުން ދެއްވާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ރައީސް މުހަންމަދު އަލީ ޖަނާހް ވިދާޅުވެއްޖެއެވެ.
ސަން އަށް ދެއްވި އިންޓަވިއުއެއްގައި ޖަނާ ވިދާޅުވީ އިމާރަތްކުރުމުގެ ދާއިރާގެ މަޝްރޫއުތަކަށް ފައިނޭންސް ކުރުމުގައި އަދިވެސް ދަތިތަކެއް އެބަހުރިކަމަށާއި އެހެންނަމަވެސް މި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ކުރިޔަށް ވުރެ ފަސޭހަ ކަމަށެވެ.
މި ދައުރުގައި އެންމެ ބޮޑަށް މަސައްކަތްކުރައްވާނީ ވީހާ ވެސް ގިނަ ދިވެހި ކުންފުނިތަކަށް މަސައްކަތް ހޯދައިދިނުމާއި މި ސިނާއަތުގައި ވީހާވެސް ގިނަ ދިވެހި ކުންފުނި ހަރަކާތްތެރި ކުރުވުމަށް ކަމަށް ވެސް ޖަނާ ވިދާޅުވި އެވެ.