12 Mar 2015, 21:34
ފިލިޕްސް ބްރޭންޑުގެ އުފެއްދުންތަކަށް ހާއްސަކޮށްގެން އެސްޓީއޯއިން ހިންގި "ގިފްޓް ޔޯ ލަވްޑް ވަންސް ވިތު ފިލިޕްސް" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި އެވެ.
މިދިޔަ މަހުގެ 10 އަކުން މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވާފައިވަނީ މިއަދު އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓް ގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މިއަދު ނެގުނު ގުރުއަތުލުމުން ތިން މީހަކަށް ޝެލްބީންސްގެ ފަރާތުން -/1000ރ ގެ ވައުޗަރެއް ލިބިފައިވާއިރު ތިން މީހަކަށް ޓްވީޓާ ސްޓައިލްގެ ފަރާތުން -/2000ރ ގެ ވައުޗަރު ލިބިފައި ވެއެވެ. އަދި ތިން މީހަކަށް ސުއިސް ސެލޫންގެ ފަރާތުން ސެލޫން ޕެކޭޖް ވައުޗަރެއް ދީފައިވެ އެވެ.
މި ޕްރޮމޯޝަން ކުރިއަށް ދިޔަ މުއްދަތުގެ ތެރޭގައި ހިންގި 'ލައިކް، ޝެއާރ އެންޑް ވިން' ކެންޕެއިންގެ ގުރުއަތުން ހޮވި ފިލިޕްސް 'ޖޫސާ' ލިބިފައިވަނީ އައިމިނަތު ޒިމްނާއެވެ.
އެ ނިމުނު ޕްރޮމޯޝަންގައި ފިލިޕްސްގެ ޕްރޮޑަކްޓްތަކަށް 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދީފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ. އެސްޓީއޯ އިން ބުނީ 1000ރ. އިން މަތިން ފިލިޕްސްގެ ސްމޯލް ޑޮމެސްޓިކް ޕްރޮޑަކްޓްތަކުން ކޮށްފައިވާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދީފައިވާ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެސްޓީއޯ އިން ބުނެފައިވަނީ ދެ އަހަރު ކުރިން ފެށި އެ ޕްރޮމޯޝަނަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.
އެސްޓީއޯ އިން ބުނީ އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ރަމަޟާން މަހާ ގާތްކޮށް ހާއްސަ ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދާން ހަމަޖެހިފައިވާ އިރު މުޅި އަހަރުތެރޭގައި ވެސް އެ ކުންފުނިން ގިނަ ޕްރޮމޯޝަންތަކެއް ކުރިއަށް ދާނެ ކަމަށެވެ.